އިއްޔެގެ ހަވީރު 6 އައި ހަމައަށް އައްޑޫ ސިޓީން އިތުރު 19 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އައްޑު ހޮސްޕިޓަކުން އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިއްޔެ ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 19 ކޭސްގެ ތެރެއިން 10 ކޭސް ފެނިފައިވަނީ ހިތަދޫ އިންނެ. އަދި މަރަދޫ އިން ހަތް ކޭސް ފެނިފައިވާއިރު ފޭދޫން ދެ ކޭސް ފެނިފައިވާ ކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.
މީގެތެރޭގައި ހިމެނެނީ 11 ޑައިރެކްޓް ކޮންޓެކްޓުންނާއި، ދެ ފްލޫ ސާމްޕަލްގެ އިތުރުން ހަތަރު ރެންޑަމް ސާމްޕަލްގެ އިތުރުން ޓްރެވެލް ސާމްޕަލް އެކެވެ.
ހޮސްޕިޓަކުން ހާމް ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އައްޑޫސިޓީގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 135 ކޭސް އުޅޭއިރު، ހިތަދޫގައި 99 ކޭސް، ފޭދޫގައި އެކްޓިވް 28 ކޭސް، މަރަދޫފޭދޫގައި 10 ކޭސް އަދި ހުޅުދޫގައި 10 ކޭސް ގަމުގައި އެއް ކޭސް އަދި މީދޫގައި 32 އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 315 އަށް އަރާފައެވެ.
މިހާތަނަށް އައްޑޫ ސިޓީގައި ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 1،095 އަށް މިހަރު ވަނީ އަރާފައެވެ.
އައްޑޫ ސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތުމާއި ގުޅިގެން، މިހާރު ހުރިހާ ރައްތަކެއްގައިވެސް ސްކޫލްތައް ވަނީ ބަންދު ކޮށްފައެވެ. އެހެންނަމަވެސް، ސްކޫލްތައް ބަންދުކޮށްފައި ހުންނަތާ ގިނަ ދުވަސްތަކެއް ވަމުންދާތީ، އެކަމުގެ ކަންބޮޑުވުން އެސީގައި ބެލެނެވެރިން ދަނީ ފާޅުކުރަމުންވެ.