ބިލްތަކަށް ފައިސާ ނުލިބިގެން ބައެއް ވިޔަފާރަވެރިންގެ ޝަކުވާތައް ފުނިޖެހެނީ

ބިލްތަކަށް ފައިސާ ނުލިބިގެން ބައެއް ވިޔަފާރަވެރިންގެ ޝަކުވާތައް ފުނިޖެހެނީ

Author
ހުސެއިން
09 ސެޕްޓެމްބަރ 2021 07:11
0

ފާއިތުވި ހަފްތާތަކުގައި ބިލްތަކަށް ފިނޭންސް މިނިސްޓްރީން ލިބެންޖެހޭ ފައިސާ ނުލިބިގެން ބައެއް ވިޔަފާރަވެރިން ޝަކުވާ ކުރަން ފަށައިފިއެވެ. ބައެއް ވިޔަފާރަވެރިންގެ ފަރާތުން ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ބައެއް ތަކެތި ގަތުމަށާއި އަދި ޚިދުމަތްތައް ފޯރުކޮށްދީގެން ސަރުކާރުން ލިބެންޖެހޭ ބައެއް ބިލްތަކަށް ފާއިތުވެދިޔަ ހަފްތާތަކުގައި ވަނީ ފައިސާ ނުލިބިފައެވެ. އަދި ވަކީން ޚާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ، ކުރާ މަސައްކަތްތަކަށް ލިބޭ ޕޭމަންޓަތަކުން ޚަރަދު ކޮށްގެން ހިންގާ ވިޔަފާރިތައް ކަމަށް ވުމާއެކު، ބިލްތަކަށް ސަރުކާރުން ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން، މި ވިޔަފާރިތަކަށް ބޮޑެތި ދަތިތަކާ ކުރިމަތި ލާންޖެހޭ ކަމަށްވެސް ބައެއް ވިޔަފާރި ވެރިން ވިދާޅުވެފައި ވެއެވެ.

މިކަމާ ގުޅޭގޮތުން، ފިނޭންސް މިނިސްޓަރަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ، މިނިސްޓްރީގެ ފަރާތުން ވަނީ އިތުރު މައުލޫމާތު ލިބޭ ގޮތް ނުވެފައެވެ.

ފާއިތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ކޯވިޑް19އަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހުނު ހޭދަ ބޮޑުވެ، ބަޖެޓު ފޫބެއްދުމަށްޓަކާ ސަރުކަރުންދަނީ ބޭރުގެ ފަރާތްތަކުން ލޯން އެހީގެ އިތުރުން ހިލޭ އެހީއާއި އަދި އެނޫން ގޮތްގޮތުންވެސް އެހީތެރިކަން ހޯދަމުންނެވެ.

ފާއިތުވެދިޔަ މަހު ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނީ، މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި 67 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށާއި މިއަހަރު ނިމޭ އިރު ދަރަނި 79 ބިލިޔަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ "ފިސްކަލް އެންޑް ޑެޓް ސްޓްރެޓެޖީ ރިޕޯޓް" ގައިވާ ގޮތުން މިދިޔަ އަހަރު ނިމުނު އިރު އޮތް 67 ބިލިޔަން ރުފިޔާގެ ދަަރަންޏާ އެކު، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަަރަކީ %115 އެވެ. އަދި މިއަހަރު ނިމޭއިރު ދަރަނީގެ އަދަދު 79 ބިލިޔަން ރުފިޔާއަށް އަރާ އިރު އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން %128 އެވެ. އޭގެ ތެރެއިިން ބޭރުގެ ދަރަނީގެ މިންވަރަކީ 38 ބިލިޔަން ރުފިޔާ އެވެ. އެތެރޭގެ ދަރަންޏަކީ 41 ބިލިޔަން ރުފިޔާ އެވެ. ދުނިޔޭގެ މާލީ އިދާރާތަކުން ކޮށްފައިވާ އަންދާޒާތަކަށް ބަލާއިރު، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި މިހާރު ހުރީ ނާޒުކު ހާލަތެއްގައެވެ.

ފިނޭންސް މިނިސްޓްރީ އާންމު ކޮށްފައިވާ ހިސާބުތަކަށް ބަލައިރު، ބަޖެޓް ޑެފިސިޓް ފައިތުވެދިޔަ އޮގްސްޓު މަހުގެ 26ވަނަ ދުވަހާ ހަމަޔަށް ވަނީ 6.9 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ފިނޭންސް މިނިސްޓްރީ އާންމުކޮސްފައިވާ "ފިސްކަލް އެންޑް ޑެޓް ސްޓްރެޓެޖީ ރިޕޯޓް" ގައި ވާގޮތުން، ދައުލަތުގެ ދަރަނި އާދަޔާ ޚިލާފަށް މަތިވެގެން ގޮސްފައިވަނީ، ކޯވިޑް19 ކާރިސާގެ ސަބަބުން ދައުލަތުގެ އާމްދަނީގެ މިންވަރު އާދަޔާޚިލާފަށް ދަށްވެ، އަދި ގައުމީ އުފެއްދުންތެރިކަންވެސް ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައިވާތީއެވެ.

އެހެންނަމަވެސް ސަރުކާރުން ލަފާކުރަނީ، މިއަހަރު ނިމޭއިރު ދައުލަތުގެ ގައުމީ އުފެއްދުންތެރިކަމަށް 15 ޕަސެންޓްގެ ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސެއްޅި
އިބުރާމެން ބައިއެޅޭ ކަހަލަ މީހެއް ނަމަ ބަދަލުގެ ގޮތުގައި ބިލިއަނުން ފައިސާ ދެވޭނެ.
a announce
Darani boduvee Kuree sarukaaru , kuree sarukaaru ge sababun