އީސީގެ ރައީސަކަށް އައުން އެންމެ ގާތީ ފުއާދު!

އީސީގެ ރައީސަކަށް އައުން އެންމެ ގާތީ ފުއާދު!

Author
މުޙައްމަދު ޝަޒައިމް
07 ސެޕްޓެމްބަރ 2021 09:49
0

ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަންސް (އީސީ) ގެ ރައީސްގެ މަޤާމަށް އައުން އެންމެ ގާތީ އެކޮމިޝަންގެ މެމްބަރު ފުއާދު ތަޢުފީގް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާކަމަށް ފުއާދުވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ޤާނޫނުގައިވާ ގޮތުން އިލެކްޝަން ކޮމިޝަނުގެ ރައީސް ނުވަތަ ނާއިބު ރައީސް މެންބަރުކަމުން އިސްތިޢުފާ ދެއްވައިފިނަމަ 90 ދުވަހުގެ ތެރޭގައި އެމަޤާމަށް މެންބަރަކު އައްޔަންކުރަންޖެހެއެވެ. ކޮމިޝަންގެ މެންބަރުން ނިންމާފައި ވަނީ ފަސް މެންބަރުން ހަމަވުމުން ރައީސަކު އިންތިހާބު ކުރުމަށެވެ. ކޮމިޝަންގެ މެންބަރުން ހަމަވެފައި ވަނީ އިއްޔެ އެވެ. އިއްޔެ އީސީގެ މެންބަރު ކަމަށް އައްޔަން ކޮށްފައި ވަނީ މުހައްމަދު އާސިފް (އިރުވައި އާސިފް) އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް، އެ ކޮމިޝަނުގެ މެންބަރުކަމުން އިސްތިޢުފާ ދެއްވުމުން ކޮމިޝަންގެ ކަންކަން އިސްކޮށް ބަލަހައްޓަވަމުންދަނީ ކޮމިޝަންގެ ނާއިބް ރައީސް އިސްލާއިލް ހަބީބެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮމިޝަންގެ މެމްބަރުންގެ ތެރޭގައިވެސް ތާއީދު އޮތީ ފުއާދުއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.