އިސްލާމީ ހޭލުންތެރިކަން އިތުރުކުރުމަށް ޑރ. ޝަހީމް އަތޮޅު ތެރެއަށް ވަޑައިގަންނަވަނީ

އިސްލާމީ ހޭލުންތެރިކަން އިތުރުކުރުމަށް ޑރ. ޝަހީމް އަތޮޅު ތެރެއަށް ވަޑައިގަންނަވަނީ

Author
ހުސެއިން
07 ސެޕްޓެމްބަރ 2021 09:31
0

ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމަތަކެއް ހިންގެވުމަށްޓަކާ، އަތޮޅުތެރެއަށް ޚާއްސަ ދަތުރުތަކެއް ފަށްޓަވަން ހަމަޖައްސަވާފައިވާ ކަމަށް ޑރ. ޝަހީމް ވިދާޅު ވެއްޖެއެވެ.

އަމިއްލަފުޅު ފޭސްބުލް އެކައުންޓުގައި ޑރ. ޝަހީމް ވިދާޅުވެފައިވާ ގޮތުގައި، އަތޮޅުތަކުގެ ވަރަށް ގިނަ ރައްޔިތުންނާއި ކައުންސިލްތަކާއި އިސްލާމީ ޖަމްޢިއްޔާތަކުން އެދޭތީވެ، އިސްލާމީ ހޭލުންތެރިކަން އިތުރުކުރުމުގެ މާތް މަޤުުޞަދުގައި އަތޮޅުތަކަށް ޚާއްޞަ ދަތުރުތަކެެއް ފެށުމަށް މިހާރު ހަމަޖެހިފައިވާ ކަމުގައެވެ. އަދި ވިދާޅުވެފައިވަނީ، މިގޮތުން ކުރެވޭ ފުރަތަމަ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ތ. އަތޮޅުގެ ބައެއް ރަށްތަކަށް ކަމަށާއި، މި ދަތުރަކީ ތ، ގުރައިދޫ އިސްލާމިކް އެސޯސިއޭޝަންގެ ދަޢުވަތަކަށް ކުރައްވާ ދަތުރެއްކަމަށެވެ. އެހެންނަމަވެސް، މި ދަތުރުގައި އެއަތޮޅު އެހެން ބައެއް ރަށްތަކަށްވެސް ޒިޔާރަތް ކުރައްވާނެކަމަށް، މި ދަތުރުތަކާބެހޭ މައުލޫމާތު ހާމަކުރައްވަމުން ޑރ. ޝަހީމް ފޭސްބުކް އެކައުންޓުގައި ލިޔުއްވާފައި ވެއެވެ. ޑރ. ޝަހީމް ލިޔުއްވާފައިވާ ގޮތުގައި، މިގޮތުން މި ދަތުރުގައި ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ ތ. އަތޮޅުގެ ގާދިއްފުއްޓަށް ކަމަށެވެ. ދަތުރު ކުރެއްވުމަށް ހަމަޖެހިފައިވަނީ 9 ސެޕްޓެމްބަރުގައެވެ.

ޑރ. ޝަހީމް އިތުރަށް ލިޔުއްވާފައިވާ ގޮތުގައި، އަތޮޅުތަކުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މި ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނީ، ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން ހުއްދަ ނަގައިގެން، ޖަމިއްޔާތަކާއި ކައުންސިލްތަކާއި ގުޅިގެން އެފަރާތްތަކުން އިންތިޒާމް ކުރެވޭ ގޮތެއްގެ މަތީންނެވެ. އަދި ވިދާޅު ވެފައިވަނީ، މި ޕްރޮގްރާމްގެ ތެރެއިން، ޖަމްޢިއްޔާތަކާއި ކައުންސިލްތަކުން ދޭ ދައުވަތު ޤަބޫލު ކުރައްވާނެ ކަމުގައެވެ. މިގޮތުން ޑރ. ޝަހީމް ވަނީ، ދަތުރުތައް ހަމަޖެއްސުމަށްޓަކައި ރަސްމީ ފޭސް ބުކް ޕޭޖަށް މެސެޖް ކުރެއްވުމަށް އެދިވަޑައިގެންފައެވެ. ދަތުރުތައް ކުރެއްވުމަށް ހަމަޖެހިފައިވަނީ ހަފްތާ ބަންދުތަކަށް ދަތުރުތައް ޝެޑިއުލް ކުރައްވައިގެންނެވެ.

ޑރ. ޝަހީމް ވިދާޅުވެފައިވަނީ، ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ކުރައްވުމަ ހަމަޖައްސަވާފައިވާ މި ދަތުރުތަކަކީ، އެއްގޮތަކަށް ވެސް ސިޔާސީ ކަންކަމާ ގުޅުންހުރި ދަތުރުތަކެއްނޫން ކަމަށާއި، މިއީ ޢިލްމީ ބޭނުމަށްޓަކައި ލިބޭ ދައުވަތުތަކަށް، ދަޢުވަތު ދޭ ފަރާތުގެ އިންތިޒާމްގެ ދަށުން އެފަރާތަކުން ރާވާ ގޮތެއްގެ މަތީން ކުރައްވާނޭ ދަތުރު ތަކެއް ކަމުގައެވެ.

ޑރ. ޝަހީމްއަކީ، ރައްޖޭގެ އެކި ކަންކުޅުތަކުގައި ދީނީ ހޭލުންތެރިކަން އިތުރުކުމަށްޓަކާ ފާއިތުވެދިޔަ ތަނުގައިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Ahmed
Thee buhuthaanu dhogu ppm ge campaign dharu kuravvanee