ސަލްމާނާއި ކެޓްރީނާ ތުރުކީގެ ކަލްޗަރ އެންޓް ޓޫރިޒަމް މިނިސްޓަރާއެކު

ސަލްމާނާއި ކެޓްރީނާ ތުރުކީގެ ކަލްޗަރ އެންޓް ޓޫރިޒަމް މިނިސްޓަރާއެކު

Author
ފާތިމަތު ނާވީ
09 ސެޕްޓެމްބަރ 2021 01:19
0

ސަލްމާނާއި ކެޓްރީނާ މިވަގުތު ދަނީ އެމީހުންގެ ފިލްމް ސިލްސިލާ "ޓައިގާ"ގެ ތިންވަނަ ފިލްމް "ޓައިގާ-3″ ޝޫޓް ކުރަމުންނެވެ.

ތުރުކީގައި ފިލްމްގެ ޝޫޓިންގ ކުރިއަށް ދާއިރު މި ދެތަރިންނާއި ފިލްމް ކުރޫގެ މެމްބަރުންނަށް ތުރުކީގެ ކަލްޗަރ އެންޓް ޓޫރިޒަމް މިނިސްޓަރު މެހެމެތު ނޫރީ އަރްސޯއީ ވަނީ މެންދުރުގެ ކެއުމެއް ދީފައެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި މިކެއުމުގެ ތެރެއިން މިނިސްޓަރާއި ބައްދަލުކޮށް ނަގާފައިވާ ފޮޓޯތަކެއް ވަނީ ވައިރަލް ވެފައެވެ. މެހެމެތު ވަނީ އޭނާގެ އިންސްޓްގްރާމްގައި ކެޓްރީނާ އާއި ސަލްމާނާއެކު ނަގާފައިވާ ފޮޓޯތަކެއް ހިއްސާ ކޮށްފައެވެ.

 

View this post on Instagram

 

A post shared by Mehmet Nuri Ersoy (@mehmetersoytr)

މީގެ ކުރިންވެސް ބޮލީވުޑްގެ ފިލްމްތައް ތުރުކީގައި ޝޫޓުކޮށްފައި އެބަހުއްޓެވެ. މެހެމެތު ބުނެފައިވަނީ މިފަދަ އިންޓަނޭޝަނަލް ފިލްމް ޝުޓިންގ ތަކަށް ތުރުކީ ހުޅުވާލެވިފައިވާ ކަމަށާއި މިފަދަ ޕްރޮޖެކްޓްތަކަށް މަރުހަބާ ކިޔާ ކަމަށެވެ.

މުމްބާއީގައި ފެބްރުވަރީ މަހުގެތެރޭގައި މަސައްކަތްފެށި މި ފިލްމްގެ ކުރޫ ތުރުކީއަށް ދިއުމުގެ ކުރިން ވަނީ ރަޝިޔާގައިވެސް ޝޫޓިންގ ކުރިއަށް ގެންގޮސްފައެވެ. މި ފިލްމް ޔޫރަޕުގެ ހަތަރެއް ނޫނީ ފަސް ގައުމެއްގައި ޝޫޓު ކުރާނެ ކަމަށް ރިޕޯޓްތަށް ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.