ކޯވިޑް ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ

ކޯވިޑް ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ

Author
ހުސެއިން
06 ސެޕްޓެމްބަރ 2021 06:16
0

ކޮވިޑް-19 އަށް ޕޮޒިޓިވްވި އިތުރު ދިވެއްސަކު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ކޯވިޑްގެ ހާލަތު ރާއްޖޭގައި ރަގަޅުވަމުން އައިސްފައިވާތީ، މި ބަލީގައި މީހުން ނިޔާވަމުންދާ ނިސްބަތްވަނީ ވަރަށް ބޮޑުތަނުން ދަށްވެގެން ގޮސްފައެވެ. މިގޮތުން ނިޔާވެފައިވަނީ، މި މަސް ތެރޭގައި މި ބަލީގައި ނިޔާވި ފުރަތަމަ މީހާކަން ފާހަގަ ކޮށްލެވެއެވެ.

އެންމެ ފަހުން ރާއްޖެއިން ކޯވިޑް19އަށް ޕޮޒިޓިވްވެ، މީހަކު ނިޔާވެފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އެ ދުވަހު ނިޔާވެފައި ވަނީ ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ 90 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިހާތަނަށް ރާއްޖޭގައި ވަނީ މިބަލީގައި 227 މީހަކު ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.