45 އަހަރަށްފަހު ހެއްކާއި ބެހޭ ބިލެއް މަޖިލީހަށް

45 އަހަރަށްފަހު ހެއްކާއި ބެހޭ ބިލެއް މަޖިލީހަށް

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

45 އަހަރަށްފަހު ހެއްކާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ހެއްކާއިބެހޭ ޤާނޫނީ ބިލެއް މަޖިލީހަށް ހުށަހަޅާފައި މިވަނީ 45 އަހަރަށްފަހުގައެވެ. 19 ބާބެއްގެ މައްޗަށް، 150 މާއްދާ ހިމެނޭ މިބިލުގައި ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަކުރެވިގެންވާ ގޮތާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކިބަސް ނެގުމާއި، ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ކަނޑައެޅަޅާފައިވެއެވެ.

މީގެ އިތުރުން މަދަނީ މައްސަލަތަކުގައާއި ޖިނާއީ މައްސަލަތަކުގައާއި އިސްލާމްދީނުގައި ޙައްދު އަދި ޤިޞާޞް ކަނޑައެޅިފައިވާ ކުށްތައް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތުކުރުމުގެ ޒިންމާއާގުޅޭ އުސޫލުތައްވެސް ކަނޑައެޅިގެންދާނެއެވެ. ހަމަ މިއާއިއެކު ހުށަހެޅުމަކާ ނުލައި، ސާބިތުވެގެންވާ ކަންކަމުގެ ގޮތުގައި، ކޯޓުން ބަލައިގަންނާނެ ކަންކަން ބަޔާންކުރުމާއި، ހެކީގެ ގޮތުގައި ހުށަނޭޅޭނެ، އިމްތިޔާޒް ލިބިގެންވާ ކަންކަން ބަޔާންކުރުން؛
އެނޫންވެސް ހެއްކާބެހޭ ޢާންމު އުސޫލުތައްވެސް ކަނޑައެޅިގެންދާނެއެވެ.

މިބިލުގައި ވަރަށް ތަފްސީލް ގޮތަކަށް ހެކީންގެ އެންމެހައި ކަންކަން ވަރަސް ތަފްސީލް ގޮތަކަށް ބަޔާންކޮށްފައިވެއެވެ. ރާއްޖޭގައި ހިނގާ ބޮޑެތި މައްސަލަތަކުގެ ޝަރީއަތްތަކުގައިވެސް އެންމެބޮޑަށް ދިމާވެފައިވާ އެއްމަސައްލައަކީ ހެއްކާބެހޭ ޒަމާނީ ބިލެއް ނެތި، ހެކީންގެ ރައްކާތެރިކަމާއި، ހެކިބަސްދޭ މީހާގެ ހައްގުތަށް އެންމެ ފުރިހަމައަށް ކަށަވަރުވެފައި ނެތުމެވެ. ނަމަވެސް މިބިލު މަޖިލީހުން ފާސްވެ ތަސްދީޤުވުމުން، މި ޤާނޫނުގެ ދަށުން ރަނގަޅު އޮނިގަނޑުތަކެއްހެދި ހެކީންގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެއެވެ.

މިބިލު މަޖިލީހަށް މިއަދު ތަޢާރަފް ކޮށްފައިވާއިރު، ބިލުގެ ބަހުސްގެ މަރުހަލާ އަންނަ ހަފްތާގައި ކުރިއަށްދާނެކަމަށް ބެލެވެއެވެ. އަދި މިބިލަކީ މިދައުރުގެ ތެރޭގައި މަޖިލީހުން ކުރެވިގެންދާނެ އެންމެ މުހިންމު އެއްބިލުގެ ގޮތުގައި މެމްބަރުންވެސް ވަނީ ފާހަކޮށްފައެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުންދަނީ މީގެ 45 އަހަރު ކުރިން އަމަލުކުރަމުންދިޔަ 7 މާއްދާގެ މައްޗަށް އެކުލެވޭ ހެއްކާއި ބެހޭ ޤާނޫނަކަށެވެ. ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، 1976 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އަންނަ ހެއްކާބެހޭ ޤާނޫނަކީ، ޒަމާނާ ބައްދަލު ޤާނޫނެއް ކަމުގައިނުވާތީ، އޭގެ ބަދަލުގައި، ހެއްކާބެހޭ ތަފްޞީލީ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރުމަށެވެ. މިބިލު މަޖިލީހަށް މި ބިލް މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ އެވެ. ބިލްގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.