ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހާ ހުއްޓުވި ސްޓެލްކޯ މުވައްޒަފަކަށް ހަމަލާދީފި

ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހާ ހުއްޓުވި ސްޓެލްކޯ މުވައްޒަފަކަށް ހަމަލާދީފި

Author
ހުސައިން
15 ޖެނުއަރީ 2025 09:22
0

މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު އެކުންފުނީގެ މުވައްޒަފަކަށް ރެންޗަކުން ހަމަލާދީފައިވެއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި ހިއްސާކުރެއްވި މަޢުލޫމާތުގައިވާ ގޮތުން، ޓްރާންސްފޯމަރަށް ގެއްލުންދީ ވައްކަން ކުރަން އުޅުނު މީހާ ވަނީ ކުންފުނީގެ މުވައްޒަފުން ހިފަހައްޓާފައެވެ. މި ހާދިސާއާ ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުގެ ކަރަންޓު ވަނީ ވަގުތީގޮތުން މެދުކެނޑިފައެވެ. ފަހުމީ އިތުރަށް ވިދާޅުވި ގޮތުގައި، ޓްރާންސްފޯމަރަށް ގެއްލުންދީ މުވައްޒަފަކަށް ހަމަލާދިން މީހާ ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.