ރާއްޖޭގެ ވިޔަފާރީގެ ފުރުސަތުތަކަށް ޕާކިސްތާނުގެ ވިޔަފާރިވެރިންގެ ބޮޑު ޝައުގުވެރިކަމެއް

ރާއްޖޭގެ ވިޔަފާރީގެ ފުރުސަތުތަކަށް ޕާކިސްތާނުގެ ވިޔަފާރިވެރިންގެ ބޮޑު ޝައުގުވެރިކަމެއް

Author
އަހުމަދު
23 އޮކްޓޯބަރ 2026 09:47
0

 

ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތައް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ތައާރަފުކުރުމަށް އިސްލާމްއާބާދުގައި ބުރާސްފަތި ދުވަހު ބޭއްވި ބިޒްނަސް ފޯރަމްގައި 540 ފަރާތެއް ބައިވެރިވެއްޖެ އެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ، މިފަދަ ފޯރަމެއްގައި މިއަށްވުރެ ގިނަ ބަޔަކު މީގެ ކުރިން ބައިވެރިވެފައި ނުވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026″ ގައި ރައީސް މުއިއްޒާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފު ވާހަކަފުޅު ދައްކަވަމުން، ދެ ގައުމުގައި ހުރި ވިޔަފާރީގެ ފުރުސަތުތައް ފާހަގަކުރެއްވި އެވެ.

ފޯރަމްގައި ރައީސް މުއިއްޒު އިއުލާން ކުރެއްވީ، މޯލްޑިވިއަނުން ކަރާޗީއާއި ރާއްޖެއާ ދެމެދު ދަތުރުތައް ކައިރިއަށް އޮތް މުއްދަތެއްގައި ފަށާނެ ކަމަށެވެ. ބޮޑުވަޒީރު ޝަހްބާޒް ވިދާޅުވީ، ރާއްޖޭގެ ވިޔަފާރީގެ ފުރުސަތުތައް ދިރާސާކޮށް، އެ ދާއިރާއަށް ދެވިދާނެ އެހީތެރިކަން ދެނެގަތުމަށް ޕާކިސްތާނުގެ ވަފުދުތަކެއް ވަރަށް އަވަހަށް ރާއްޖެއަށް ފޮނުވޭނެ ކަމަށާއި، އޭގެ މަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދު ފާހަގަކުރެއްވީ، ދެ ގައުމުގެ ވިޔަފާރިވެރިން ސީދާ ގުޅިގެން މަސައްކަތްކުރުމާއި ދެމެހެއްޓެނިވި ޕާޓްނަރޝިޕްތަކެއް ބިނާކުރުމުގެ މުހިންމުކަމެވެ. އިންވެސްޓްމަންޓާއި ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ކުރިއަށްވެސް މަސައްކަތްކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.