އެލަވަންސް ކުޑަކުރި ކަމަށް ދެކެވޭ ވާހަކަ ހެލްތު މިނިސްޓްރީން ދޮގުކޮށްފި

އެލަވަންސް ކުޑަކުރި ކަމަށް ދެކެވޭ ވާހަކަ ހެލްތު މިނިސްޓްރީން ދޮގުކޮށްފި

Author
އަހުމަދު
23 އޮކްޓޯބަރ 2026 09:44
0

 

ޑޮކްޓަރުން، ނަރުހުން އަދި ލެބް ޓެކްނިޝަނުން ފަދަ ސިއްހީ ދާއިރާގެ ޓެކްނިކަލް މުވައްޒަފުންނަށް ދެމުންދާ ރޭގަނޑު ޑިއުޓީ އެލަވަންސް ކުޑަކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ހެލްތު މިނިސްޓްރީން ދޮގުކޮށްފިއެވެ.

2023 ވަނަ އަހަރުގެ މެއި މަހު މުސާރަ ބޮޑުކުރުމާއެކު ފިނޭންސް މިނިސްޓްރީން ނެރުނު ޕޭ ފްރޭމްވޯކްގައި، ޝިފްޓު އުސޫލުން މަސައްކަތްކުރާ ސިއްހީ މުވައްޒަފުންނަށް ރޭގަނޑު ޑިއުޓީއަކަށް 100 ރުފިޔާ ދޭން ކަނޑައަޅާފައިވެއެވެ. މިދިޔަ އޮގަސްޓު މަހު ފްރޭމްވޯކަށް ގެނައި ބަދަލާއެކު، ރޭގަނޑު 12 އިން ހެނދުނު 6 އާ ހަމައަށް މަސައްކަތްކުރާ ދުވަސްތަކުގެ އެލަވަންސް ކުޑަކޮށްފައިވާ ކަމަށް ވާހަކަ ދެކެވެމުން ދިޔައެވެ.

ނަމަވެސް "ސަން" އަށް މައުލޫމާތު ދެމުން ހެލްތު މިނިސްޓްރީން ބުނީ، އެއްވެސް އެލަވަންސެއް ކުޑަކޮށްފައި ނުވާ ކަމަށާއި، ގެނައި ބަދަލަކީ ކުރިން މި އެލަވަންސް ނުލިބޭ މުވައްޒަފުންނަށްވެސް އެ ފައިސާ ދޭން ފެށުން ކަމަށެވެ.

މިނިސްޓްރީން ބުނީ އެލަވަންސް ކުޑަކުރި ކަމަށް ވާހަކަ ފެތުރެން ފެށީ ހުޅުމާލެ ހޮސްޕިޓަލުން މުވައްޒަފުންނަށް ދިން އެންގުމަކުން ކަމަށާއި، އެއީ އޮޅުމަކުން ވި ކަމެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.