ރައީސުލްޖުމްހޫރިއްޔާ މައިކް ޕޮމްޕެއޯ ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ މައިކް ޕޮމްޕެއޯ ބައްދަލު ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
28 އޮކްޓޯބަރ 2020 03:02
0

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ބައްދަލުކުރައްވައިފިއެވެ.

ޕޮމްޕެއޯ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރެއްވުމުގެ ކުރެއްވުމުގެ ކުރިންވަނީ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އެއްފަހުވަނީ ދެބޭފުޅުންވަނީ ރަސްމީވާހަތައް ކުރިއަށް ގެންދަވާފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުން ޕޮމްޕެއޯ އަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯއާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ނޫސްވެރިންނާއި ބައްދަލުުކުރުމަށް ހަމަޖެހިފައިވަނީ މިއަދު 4 ޖަހާއިރުއެވެ. ޕޮމްޕެއޯއާއި ޝާހިދު ބައިވެރިވެގެން ކުރިއަށްގެންދާ މިޕްރެސްއަށް ފޮރިން މިނިސްޓްރީން ދައުވަތު ދެއްވާފައިވަނީ ކަނޑައެޅިފައިވާ ވަކި މީޑިޔާތަކަށް އެކަންޏެެވެ.

މި މަޝްވަރާތަކުގައި ކޯވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ކުރިމަގުގައި ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެބޭފުޅުން ވާހަކަފުޅު ދައްކަވާނެކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 1992 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ އޭރުގެ ޚާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކަރ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.

ސެކްރެޓަރީ ޕޮމްޕެއޯގެ ދައުވަތަކަށް މިނިސްޓަރ ޝާހިދު ވަނީ 2019 ފެބްރުއަރީ 19 ވަނަ ދުވަހު އެމެރިކާގެ ވެރިރަށް ވޮޝިންޓަންއަށް ވަޑައިގެން ސެކްރެޓަރީ ޕޮމްޕެއޯ އާ ބައްދަލުކުރައްވާފައި.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.