ޝަރްމާޖީ ނަމްކީންގެ ޕޯސްޓަރު ދައްކާލައިފި

ޝަރްމާޖީ ނަމްކީންގެ ޕޯސްޓަރު ދައްކާލައިފި

Author
ފާތިމަތު ނާވީ
10 ސެޕްޓެމްބަރ 2021 08:53
0

ރިޝީ ކަޕޫރުގެ އެންމެ ފަހު ފިލްމް "ޝަރްމާޖީ ނަމްކީން"ގެ ޕޯސްޓަރު އޭނާގެ އުފަންދުވަހު ދައްކާލައިފިއެވެ.
ރިޝީ މަރުވެފައިވަނީ އެ ފިލްމްގެ އެއްބައި ނިންމާފައި ވަނިކޮށް މިދިއަ އަހަރުއެވެ. ރިޝީގެ 68 ވަނަ އުފަންދުވަހާއި ދިމާކޮށް މި ފިލްމް ގެ ޕޯސްޓަރު ދައްކާލައިފައިވާއިރު ފެންނަނީ ބްރީފްކޭސް އެއް ހިފައިގެން ރިޝީ ވަރަށް އުފަލުން ހިނގާފައި ދަނިކޮށެވެ.

ރިޝީ މަރުވިއިރު ފުރިހަމަނުވެ އޮތް ބައި ކުޅެފައިވަނީ ޕަރޭޝް ރާވަލް އެވެ. ފިލްމުގެ ފުރަތަމަ ޕޯސްޓަރު މި ދެތަރިންނާއެކު ވަނީ ދައްކާލާފައެވެ. އެގޮތުން ޕަރޭޝް ވެސް ރިޝީއާ އެއްކަހަލަ ހެދުމެއްގައި  ބްރީފްކޭސް ހިނފައިގެން ހިނގާފައިދާ މަންޒަރު ޕޯސްޓަރުން ވަނީ ދައްކާލާފައެވެ.

 

View this post on Instagram

 

A post shared by Excel Entertainment (@excelmovies)

މި ފިލްމްގެ ޑައިރެކްޓަރަކީ ހިތޭޝް ބާޓިއާއެވެ. ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓައިންމަންޓާއި މެކްގަފިން ގުޅިގެން ގެނެސްދޭ މި ފިލްމުން ކުރީގެ ބަތަލާ ޖޫހީ ޗާވްލާ ވެސް ފެނިގެން ދާނެއެވެ.
ޕޯސްޓަރު ދައްކައިލި ނަމަވެސް އަދިވެސް ފިލްމް ރިލީޒް ކުރާނެ ދުވަހެއް ހާމަ ކޮށްފައެއް ނުވެއެވެ.
ރިޝީ މަރުވެފައިވަނީ ކެންސަރު ބަލީގައި ގިނަ ދުވަސްތަކެއް އުޅުމަށްފަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.