އައްޑޫ ސިޓީގައި ހުންނަ އައްޑޫ ހައި ސްކޫލް

އައްޑޫ ސިޓީގެ ކޯވިޑްގެ ހާލަތަށް ކުރިއެރުމެއް ނުލިބި، ސްކޫލްތައް އަދިވެސް ހުރީ ބަންދު ކޮށްފައި

އައްޑޫ ސިޓީގެ ކޯވިޑްގެ ހާލަތަށް ކުރިއެރުމެއް ނުލިބި، ސްކޫލްތައް އަދިވެސް ހުރީ ބަންދު ކޮށްފައި

އައްޑޫ ސިޓީ ކޯވިޑް19ގެ ކޮމިއުނިޓީ ސްޕްރެޑްއަކަށް ގޮސް، ހާލަތު ރަގަޅު ނުވެ، އައްޑޫ ސިޓީން އިތުރު 32 މީހަކު މިހަފްތާގެ ހޮނިހިރު ދުވަހުގެ ނިޔަލަށް ޕޮޒިޓިވް ވެފައިވާއިރު، މުޅި އައްޑޫ ސިޓީގެ ހުރިހާ ސްކޫލްޔަކެއް ބަންދު ކޮށްފައި ހުންނަވާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

އައްޑޫ ސިޓީން ވާހަކަ ދެއްކި މީހަކު ޚަބަރު އޮންލައިނަށް މައުލޫމާތު ދީފައިވާ ގޮތުގައި، އައްޑޫ ސިޓީގައި މިހާރު ކޮމިއުނިޓީ ސްޕްރެޑެއް އޮތުމާއި ގުޅިގެން، މިހާރު ހުރިހާ ރައްތަކެއްގައިވެސް ސްކޫލްތައް ވަނީ ބަންދު ކޮށްފައި ކަމަށާއި، އެހެންނަމަވެސް، ސްކޫލްތައް ބަންދުކޮށްފައި ހުންނަތާ ގިނަ ދުވަސްތަކެއް ވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ބެލެނެވެރިންގެ މެދުގައި އިންތިހާއަށް އޮތް ކަމުގައެވެ. އަދި އޭނާ ފާހަގަ ކުރެއްވި ގޮތުގައި، ފުވައްމުލަކު ސިޓީއަކީވެސް، ކޯވިޑްގެ އެކްޓިވް ކޭސްތައް ހުރި ރަށެއް ކަމަށާއި، އެހެންނަނަމެވެސް އެ ސީޓީގައި ބައެއް ސްކޫލްތަކަށް ކުދިން ކިޔަވަން ދާކަމުގައެވެ.

އައްޑޫ ސިޓީ ކޯވިޑް19ގެ ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސް، ބައެއް ރައްތަށް މިހާރުވެސްވަނީ މޮނިޓަރިންގެ ހާލަތުގައެވެ.

އައްޑޫގެ އިކުއިޓޯރިއަލް ހޮސްޕިޓަލުން އެނެމް ފަހުން ހާމަކޮށްފައިވާ މައުލުމާތުތަކަށް ބަލާއިރު، މި ފަހްތާގެ ހޮވިހިރު ދުވަހުގެ ހަވީރު 6:00އާއި ހަމައަށް، އެ ސިޓީން ފެނިގައިވާ ކޯވިޑްގެ 32 މީހުންގެ ތެރޭގައި 21 މީހުން ފެނިފައިވަނީ އެސިޓީގެ މަރަދޫއިންނެވެ. އަދި މީގެ އިތުރުން ހިތަދޫއިން 10 ކޭސް، މަރަދޫ ފޭދޫއިން ކޯވިޑަށް ޕޮޒިޠިވެފައިވާ 10 މީހުން މީގެތެރޭގައި ހިމެނއެވެ.

އައްޑޫގެ އަވަށްތަކުގެ ކޯވިޑް ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާރު އެންމެ ގިނަ އަދަދަކަށް އެކްޓިވް ކޭސް އުޅެނީ މަރަދޫގައެވެ. މިގޮތުން މަރަދޫގައި ކޮވިޑްގެ 139 ކޭސް އުޅޭއިރު، ހިތަދޫގައި 79 ކޭސް، ފޭދޫގައި 17 ކޭސް، މަރަދޫފޭދޫގައި 9 ކޭސް، ހުޅުދޫގައި ތިން ކޭސް، ގަމުގައި އެއް ކޭސް އަދި މީދޫގައި 22 އުޅޭ ކަމަށް އިކުއޭޓޯރިއަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އައްޑޫ ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރުވަނީ 270ށް އަރާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *