އައްޑޫ ސިޓީ ކޯވިޑް19ގެ ކޮމިއުނިޓީ ސްޕްރެޑްއަކަށް ގޮސް، ހާލަތު ރަގަޅު ނުވެ، އައްޑޫ ސިޓީން އިތުރު 32 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އައްޑޫގެ އިކުއިޓޯރިއަލް ހޮސްޕިޓަލުން އެންމެ ފަހުން ހާމަކޮށްފައިވާ މައުލުމާތުތަކަށް ބަލާއިރު، މި ފަހްތާގެ ހޮނިހިރު ދުވަހުގެ ހަވީރު 6:00އާއި ހަމައަށް، އެ ސިޓީން ފެނިފައިވާ ކޯވިޑްގެ 32 މީހުންގެ ތެރޭގައި 21 މީހުން ފެނިފައިވަނީ އެސިޓީގެ މަރަދޫއިންނެވެ. އަދި މީގެ އިތުރުން ހިތަދޫއިން 10 ކޭސް، މަރަދޫ ފޭދޫއިން ކޯވިޑަށް ޕޮޒިޠިވެފައިވާ 10 މީހުން މީގެތެރޭގައި ހިމެނއެވެ.
އިކުއޭޓޯރިއަލް ހޮސްޕިޓަލްއިން އާންމު ކޮށްފައިވާ މައުލުމާތުތަކަށް ބަލާއިރު، ޕޮޒިޓިވް ވެފައިވާ 32 މީހުންގެ ތެރެއިން 24 މީހުން ޕޮޒިޓިވްވެފައިވަނީ ޑައިރެކްޓް ކޮންޓެކްޓް ސާމްޕަލްގެ ތެރެއިންނެވެ. އަދި ފްލޫ ކްލިނިކަށް ދެއްކި 4 މީހުންނާއި، ރެންޑަމް ސާމްޕަލްގެ ތެރެއިން ވެސް އިތުރު 3 މީހަކު ޕޮޒިޓިވް ވެފައިވާކަން ވަނީ ހާމަވެފައެވެ.
އައްޑޫގެ އަވަށްތަކުގެ ކޯވިޑް ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާރު އެންމެ ގިނަ އަދަދަކަށް އެކްޓިވް ކޭސް އުޅެނީ މަރަދޫގައެވެ. މިގޮތުން މަރަދޫގައި ކޮވިޑްގެ 139 ކޭސް އުޅޭއިރު، ހިތަދޫގައި 79 ކޭސް، ފޭދޫގައި 17 ކޭސް، މަރަދޫފޭދޫގައި 9 ކޭސް، ހުޅުދޫގައި ތިން ކޭސް، ގަމުގައި އެއް ކޭސް އަދި މީދޫގައި 22 އުޅޭ ކަމަށް އިކުއޭޓޯރިއަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އައްޑޫ ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރުވަނީ 270ށް އަރާފައެވެ.
އައްޑޫ ސިޓީގެ ކޯވިޑް ހާލަތު ގޯސްވެސް ހުރިހާ ސްކޫލްތަކެއްވެސް ވަނީ ބަންދުކޮށްފައި ހުންނަތާ މިހާރުވަނީ ގިނަ ދުވަސްތަކެއް ވެފައެވެ.