ބޭންކަށް ޖަމާކުރުމަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ފޭރިގަންނަން އުޅުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލާގައި ރޭގެ ވަގުތެއްގައި 20 އަހަރުގެ ދިވެހި ފިރިހެއް ހައްޔަރު ކޮށްފައިވާކަމަށެވެ. ސޯޝަލް މީޑީއާގައި ދައުރުވާ ވީޑީއޯއެއްގައި ފެންނަގޮތުން އެ ފައިސާތައް ފޭރެން މަސައްކަތްކޮށްފައިވަނީ ސައިކަލެއްގައި އައި 4 މީހެކެވެ. ނަމަވެސް އެ މީހުން އެ ފައިސާ ފޭރެން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
މާލޭގައި ފަހަކަށް އައިސް ވައްކަމާއި، ފޭރުން އިތުރުވެ، މިކަންކަން ކުރާމީހުންގެ މައްސަލަތައް ނުބެލޭ މައްސަލާގައި ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ