ޖާބިރުގެ ހައްޤު ޤާއިމްނުކޮށް ގެ ވިއްކާނުލެވޭނެ: ދިޔާނާ

ޖާބިރުގެ ހައްޤު ޤާއިމްނުކޮށް ގެ ވިއްކާނުލެވޭނެ: ދިޔާނާ

ވިއްކާލުމަށް ސިވިލް ކޯޓުން ޢަމުރުކޮށްފައިވާ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ ގެކޮޅު، ޖާބިރުގެ ހައްގު ޤާއިމްނުކޮށް ވިއްކާނުލެވޭނެކަމަށް، އޭނާގެ ކުރީގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ބައްލަވައިގެންފައިވާ އަދި  ޖާބިރު ދިރިއުޅުއްވަމުން ގެންދަވާ ގެކޮޅު، މ.އަތަމާޕްލާޒާ ގަންނަން ޝަައުގުވެރިވާ ފަރާތްތަކަށް އެ ގެ ބެލުމުގެ ފުރުސަތު ދިނުމަށް ސިވިލް ކޯޓުން ވަނީ ޢަމުރުކޮށްފައެވެ.

މިކަމާއި ގުޅިގެން ޖާބިރުގެ ކުރީގެ އަނބިކަނބަލުން ދިޔާނާ ސަޢީދު ވަނީ އެ ގެ ޖާބިރު ބައްލަވައިގަތް އެގްރިމަންޓާއެކު ޓްވީޓްގައި ޖާބިރުގެ ހހައްގު ޤާއިމްނުކޮށް ވިއްކާނުލެވޭނެކަމަށް ވިދާޅުވެފައެވެ. އަދި އެގެ އަކީ ޖާބިރު އަގު އަދާކޮށް ނިންމާފައި އޮތްތަނެއްކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.

އަތަމާ ޕްލާޒާއަކީ 2010 ވަނަ އަހަރު އިސްމާޢީލް ޢަބުއްލަޠީފް އެގެ ވިއްކާލުމަށް ޖާބިރާއެކު އެގްރިމަންޓްކޮށް އެ ގޭގެއަތުގެ ވެރިކަންވެސް ދީ، އަގު އަދާކޮށް ނިންމާފަ އޮތްތަނެއް. އިސްމާޢީލްގެ ކްރެޑިޓާރސް އަކީ "އަންސެކުއަރޑް" ކްރެޑިޓަރސް، އެ ފައިސާ ރިކަވަރ ކުރުމަށް އެގެ ވިއްކާނުލުލެވޭނެ ޖާބިރުގެ ހައްގު ޤާއިމުކުރުމެއް ނެތި.

ސިވިލް ކޯޓުގެ ޢަުރާގައ ގުޅިގެން ޖާބިރު ވިދާޅުވެފައިވަނީ، ކޯޓުން ވިއްކާލުމަށް އަމުރުކޮށްފައިވާ އެގެ ބައްލަވައިގަތީ އެގޭގެ ވެރިޔާ، އަތަމާ އަބްދުއްލަތީފް މައްކާއަށް ހައްޖަށް މީހުން ފޮނުވަން ވެގެން ފައިސާގެ ދަތިކަމަކާ ކުރިމަތިވެ، އެ ގެ ވިއްކާލުމުންކަމަށެވެ. އަދި އޭރު އެ އެބޭފުޅާއަށް ނުދެއްކި ހަ ލައްކަ ރުފިޔާގެ ލޯނެއް އޮތް ކަމަށާއި، ގެވެސް އޮތީ މޯގޭޖް ކޮށްފައި ކަމުގައި ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އެ ގެ ބައްލަވައިގަތް ނަމަވެސް އެގޭގެ ލިޔެކިޔުންތައް އޭނާގެ ނަމަސް ބަދަލުކޮށްފައެއް ނުވެއެވެ. އެ ގޭގެ ރަޖިސްޓްރީ ޖާބިރުގެ ނަން މައްޗަށް ބަދަލު ނުވެ އޮތީ ގާނޫނީ ގޮތުން ކޯޓުން އެކަމަށް ފުރުސަތު ނުދޭތީކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ޖާބިރު ވިދާޅުވީ އެ މައްސަލާގައި ކޯޓަށް ވަޑައިގަންނަވާނެކަމަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *