ޝުޖާ އިލްހާމަށް: ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ފައިދާ ނަގަން ނޫޅުއްވާ!

ޝުޖާ އިލްހާމަށް: ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ފައިދާ ނަގަން ނޫޅުއްވާ!

Author
މުޙައްމަދު ޖިމީ
02 ސެޕްޓެމްބަރ 2021 10:39
0

ރައީސް ޔާމީނަށް އިހްލާސްތެެރި ވެރިން ތިއްބަވާނީ ރައީސް ޔާމިނާއެކުކަމަށާއި، އެމަނިކުފާނުގެ ނަންފުޅު ބޭނުންކުރައްވައިގެން ފައިދާ ނަންގަވަން މަސައްކަތް ނުކުރެއްވުމަށް ޖުމްހޫރީ ޕާޓިގެ ލީޑާޝިޕަށް، ޕީޕީއެމްގެ ނާއިބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހީމް ޝުޖާޢު ގޮވާލައްވައިފިއެވެ.

ޝުޖާއު މިކަމަށް ގޮވާލެއްވީ ޕީޕީއެމް ޕީއެންސީގެ ވެރިންނަށް ރައީސް ޔަމީން އިތުބާރު ނުކުރައްވާކަމަށް ޖުމްހޫރީ ޕާޓިގެ ލީޑަރުގެ އެޑްވައިޒަރ އިލްހާމް އަޙްމަދު ވިދާޅުވުމާއި ގުޅިގެން ދެއްވި ރައްދުގައެވެ.

ޝުޖާޢު ވިދާޅުވީ، އެފަދަ ވާހަކަތަކަކީ ސަމާލުކަން ހޯއްދަވަން ކުރައްވާ ކަމެއްކަމަށެވެ. ރައީސް ޔާމީނަށް އިހްލާސްތެެރި ވެރިން ތިއްބަވާނީ ރައީސް ޔާމިނާއެކުކަމަށައި، ނިކަމެތިވި ވަގުތު ރައީސް ޔާމީން ދޫކުރައްވާ ވަޑައެއް ނުގަތީސްކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ނަންފުޅު ބޭނުން ކުރައްވައިގެން އެޑްވާންޓޭޖް ނަންގަވަން ނޫޅުއްވާ!ތިކަމެއް ނުވާނެ. ވެރީ ސޮރީ.

– އިބްރާހީމް ޝުޖާޢު

ޝުޖާއު މިހެން ވިދާޅުވެފައިވާއިރު، ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމާއެކު ޕީޕީއެމްގެ ލީޑާޝިޕްގެ ބައެއް ބޭފުޅުންނާއި ޕީޕީއެމްގެ ޓިކެޓްގައި ވާދަކޮށް ނާކަމިޔާބުވި ކުރީގެ މަޖިލިސް މެންބަރުން ވަނީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ. އިލްހާމް އަޙްމަދަކީވެސް ކުރިން ޕީޕީއެމްގެ މެންބަރެކެވެ. ނަމަވެސް ފަހުން ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެން ޖޭޕީއާއި ގުޅިވަޑައިގެންފައެވެ.

އިލްހާމް ވަނީ ރައީސް ޔާމީން މިނިވަންކުރުމަށް އިދިކޮޅު އިސް ފަރާތްތަކުން ބޭނުންނުވާކަމުގެ ތުހުމަތުވެސް ކުރައްވާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.