އެޓްލާންޓާއިން އަޔެކްސް މޮޅުވިޔަނުދީ ހިފަހައްޓައިފި

އެޓްލާންޓާއިން އަޔެކްސް މޮޅުވިޔަނުދީ ހިފަހައްޓައިފި

Author
އިބްރާހީމް ސާޢިދު
28 އޮކްޓޯބަރ 2020 12:13
0

ޗެމްޕިއަންސް ލީގުގައި އިޓަލީގެ އެޓަލަންޓާއާއި ނެދަލޭންޑްސްގެ އަޔެކްސް ވާދަކުރި މެޗު އެވައްރުވެއްޖެއެވެ. މިމެޗު އެއްވަރުވީ 2-2 އިންނެވެ.

އެޓްލާންޓާގެ ދަނޑުގައި ކުޅުނު މި މެޗުގައި އަޔެކްސްއިން ޖެހި ދެ ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ.

އަޔެކްސްގެ ފުރަތަމަ ލަނޑު، ލިބުނު ޕެނަލްޓީއެއްގައި ޑުސާން ޓަޑިޗް ކާމިޔާބުކޮށްދިން އިރު ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 38 ވަނަ މިނެޓުގައި ލަސީނާ ޓްރޮއާއޮއެވެ.

އެޓްލާންޓާއިން މެޗުގެ ނަތީޖާ ހަމަހަމަކުރަން ޖެހި ދެ ލަނޑުވެސް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. ގާތްގާތުގައި ޖެހި މި ދެލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ ޑުވާން ޒަޕަޓާއެވެ.
މި ނަތީޖާތަކާއެކު ގްރޫޕުގެ އެއް ވަނާގައި، ކުޅުނު ދެ މެޗުން ހަ ޕޮއިންޓު ހޯދައިގެން ލިވަޕޫލް އޮތްއިރު ދެ ވަނާގައި އެޓްލާންޓާ އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. އަދި ތިން ވަނާގައި އަޔެކްސް އެއް ޕޮއިންޓާއެކު އޮތްއިރު ޕޮއިންޓެއް ނުލިބި ތާވަލްގެ ފުލުގައި އޮތީ މިޓްޔައެލޭންޑެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.