އެތުލިޓިކޯ އަށް ހަނި މޮޅެއް

އެތުލިޓިކޯ އަށް ހަނި މޮޅެއް

ގުޅުންހުރި

ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުން އޮސްޓްރިއާގެ ސާލްސްބާގްގެ ވާދަކުރި ހަނިގޮތަކަށް އެތުލެޓިކޯއިން ކުރިހޯދައިފިއެވެ.

އެތުލެޓިކޯއިން މެޗު ކުރިހޯދީ 2-3 ލަނޑުންނެވެ. އެތްލެޓިކޯގެ މެޓްރޮޕޮލިޓާނޯގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީވެސް އެތްލެޓިކޯއިންނެވެ. ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާކޮސް ލޮރެންޓޭއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ސާލްސްބާގުން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑޮމިނިކް ޒޮބޮސްލާއިއެވެ. ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި މާގިމް ބެރިޝާވަނީ ލަނޑެއް ޖަހާ ފުރަތަމަ ފަހަރަށް މެޗުގައި ސާލްސްބާގަށް ލީޑުނަގާދީފައެވެ.

ސާލްސްބާގުން ލީޑު ނެގިތާ ފަސް މިނެޓުފަހުން ޖޮއާއޮ ފެލިކްސް ވަނީ އެތްލެޓިކޯއަށް ލަނޑެއް ކާމިޔާބުކޮށްދީ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި މެޗުން އެތްލެޓިކޯ މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީވެސް ފެލިކްސް އެވެ.

މި ނަތީޖާތަކާއެކު މިވަގުތު ގްރޫޕް އޭގެ އެއްވަނައިގައި ކުޅުމު ދެ މެޗުން ހަ ޕޮއިންޓު ހޯދައިގެން އޮތީ ބަޔާން މިއުނިކެވެ. ދެވަނައިގައި ތިން ޕޮއިންޓާއެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ. ގޯލްގެ ތަފާތުން ތިންވަނައިގައި ލޮކޮމޮޓިވް މޮސްކޯ އޮތްއިރު ފުލުގައި އޮތީ ސާލްސްބާގެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *