ރައްޔިތުން މަޖިލީހުގެ ކުރީގެ އަމީން އާއްމު އަލް އުޘްތާޒު އަހުމަދު މުހައްމަދު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި ގުޅިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުގެ މަޤާމުން އަޙްމަދު މުޙައްމަދު އިސްތިއުފާ ދެއްވާފައިވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ. ސިޔާސީ މަސައްކަތަށް އަހުމަދު ނިކުންނަވައި، ޕީޕީއެމްއާއި ގުޅިފައިވަނީ މިއަދުއެވެ. އަހުމަދުގެ ފޯމާއި ހަވާލުވީ ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ.
އަހުމަދަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އޭރުގެ މަދަނީ ކޯޓު [ސިވިލް ކޯޓު] ގެ އިސް ގާޒީކަން ވެސް ކުރެއްވި ބޭފުޅެކެވެ. އެންމެ ފުރަތަމަ މަޖިލީހުގެ އަމީން އާއްމުގެ މަގާމަށް އަހުމަދު އައްޔަން ކުރެއްވީ 2005ވަނަ އަހަރުއެވެ. އަދި 2010ވަނަ އަހަރު އެކުލަވާލި މަޖިލީހުގެ އައު ގަވާއިދުގެ ދަށުން އަނެއްކާވެސް އެ މަގާމަށް އަހުމަދު އައްޔަން ކުރެއްވިއެވެ.
މަޑުމައިތިރި މިޒާޖެއްގެ އަހުމަދަކީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ މަޤާމު ފުރުއްވުމުގައި އޭރު މަޖިލީހުގެ ގިނަ މެމްބަރުންގެ ރުހުމާއި ލޯބި ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.