ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މުވައްޒަފުންނަށް ދެމުންދާ އެލަވަންސްތައްތައް މިމަހުގެ މުސާރައިން ކަނޑާލައިފިއެވެ.
މިމަހުގެ މުސާރަ ޖަމާކުރުމުގެ ކުރިން މުވައްޒަފުންނަށް މީގެ ހަފްތާއެއް ދުވަސްކުރިން ފޮނުވި ސްލިޕްގައި ހުރި އަދަދާއި، މުސާރަ ޖަމާވިއިރު ހުރި އަދަދާއި އެއްވެސް ގޮތަކަށް ދިމާނުވެއެވެ. މިކަމުގެ ކަންބޮޑުވުން ޕީއެސްއެމްގެ ގިނަ މުވައްޒަފުން ފާޅު ކުރަމުންދަމުންދާއިރު، ތަނުގެ މެނޭޖް މަންޓުން އަންގާފައިވަނީ ހައްގުވާ މިންވަރު ދީފައި ވާނެކަމަށެވެ.
ނަމަވެސް ޒަމާނުއްސުރެ ޕީއެސްއެމްގެ މުވައްޒަފުންނަށް ދެމުންދާ އެލަވަންސްގެ ތެރޭގައި ހިމެނޭ، ޝިފްޓް ޑިއުޓީ އެލަވެންސާއި، އެޓެންޑެންސް އެލަވެންސާއި، އެކްސްޓްރާ ޑޭ އެލަވަންސްތަކާއި، މިނޫންވެސް މުސާރާގައި ހިމެނޭ އެހެނިހެން ބައެއް އެލަވަންސްތައްވެސް ވަނީ ކަނޑާލާފައެވެ.
މިކަމާއި ގުޅިގެން ޕީއެސްއެމްގެ ގިނަ މުވައްޒަފުން ދަނީ އެކުންފުނީގެ އެކި ގްރޫޕްތަކުގައި މެނޭޖްމަންޓަށް ގިނަ ސުވާލުތަކެއް ކުރިމަތި ކުރަމުންނެވެ. މުވައްޒަފުން ތުހުމަތު ކުރާ ގޮތުގައި މެނޭޖްމަންޓުންވަނީ މުވައްޒަފުންނަށް ހައްގުވާ މުސާރައަށް ބަދަލު ގެނެސް، މެނޭޖްމަންޓުން ބޭނުން ވަރަކަށް މުސާރަތަަކަށް ބަދަލު ގެނެސްފައިކަމަށެވެ. އަދި ބަދަލު ގެނައި މުސާރަ ޝީޓަށް ގެނައީ ކޮން ބަދަލެއް ކަމާއި، ބަދަލު ގެނައި ސަބަބެއްވެސް އަންގާފައި ނުވާކަމަށް މުވައްޒަފުން ދަނީ ބުނަމުންނެވެ.
މިކަމާއި ގުޅިގެން ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވީ އެލަވެންސް ކަނޑާލުނާކަމަށެވެ. ދިމާވެގެން އުޅޭ މައްސަލައަކީ މުސާރަ ސްލިޕް ފޮނުވަން އޮތް ސޮފްޓްވެއާގައި މައްސަލައެއް ދިމާވުންކަމަށެވެ. ނަމަވެސް މުުވައްޒަފުންނަށް އެެއްވެސް އެލަވެންސެއް ދިންކަމެއް އަލީ ޚާލިދު ވިދާޅުވެފައި ނުވެއެވެ.
ޕީއެސްއެމްގެ މެނޭޖްމަންޓާއި މިހާރު ތިއްބެވި ބޭފުޅުން ހަވާލުވިފަހުން މުވައްޒިފުންނަށް މުސާރައިގެ ކުރިއެރުމާއި، މަޤާމުގެ ކުރިއެރުން އެއްގޮތަކަށްވެސް ނުދެއެވެ. އަދި މިހާރު އޮތް މެނޭޖްމަންޓަކީ މުވައްޒަފުންނަށް އެއްގޮތަކަށްވެސް ނުފެންނަ ބީރައްޓެހި މެނޭޖްމަންޓެއްގެ ގޮތުގައި މުވައްޒަފުން ސިފަ ކުރެއެވެ.
ކޮމެންޓު ފޮނުވާ