އިސް ޤާޟީ ހައިލަމްގެ މަޤާމަށް އަލުން ރުޖޫޢަކުރަންޖެހޭ: އަލްހާން

އިސް ޤާޟީ ހައިލަމްގެ މަޤާމަށް އަލުން ރުޖޫޢަކުރަންޖެހޭ: އަލްހާން

Author
މުޙައްމަދު ޝަޒައިމް
30 އޮގަސްޓް 2021 09:17
0

ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޒީ އަޙްމަދު ހައިލަމަށް އަލުން އެމަޤާމު ރުޖޫޢަ ވާންޖެހޭ ކަމުގައި އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނަށް ހުކުމް ކުރުމަށް އެއްދުވަހަށް ވެފައިވަނިކޮށް، މަޤާމުގެ މަސްއޫލިއްުޔަތުން އެކަހެރިކޮށް، ހައިލަމްގެ މައްސަލަ ޖޭއެސްސީން ބަލައި އޭނާ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށްވެސް ވަނީ ފޮނުވާފައެވެ. ހައިލަމްގެ މަޤާމު އަލުން ރުޖޫއަ ކުރުމަށް ހައިލަމް ގޮވާލާފައިވަނީ ރައީސް ޔާމީނަށް ހުކުމްކުރި ފަނޑިޔާރުންގެ ތެރެއިން 3 ފަނޑިޔާރެއްގެ އޯޑިއޯތައް ލީކުވެ ހުކުމާއި މެދު ގިނަ ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

އިސް ޤާޟީ އަހުމަދު ހައިލަމްގެ މަޤާމަށް އަލުން ރުޖޫޢަކުރަންޖެހޭނެ! ފިޔަވަޅު އެޅި ސަބަބު ހާމަވެ ފަޅާއަރައިފި! ވައިބަރ ގުރޫޕަކަށް ލެއްވި، ކަމާ ނުބެހޭ ފޮޓޯ އެކޭ ކިޔައިގެން ހައިލަމް ސަސްޕެންޑްކުރި ސަބަބު ރައްޔިތުންނަށް އަދިވެސް ސާވެއް ނުވޭތޯ؟

– ހައިލަމް ވިދާޅުވިއެވެ. 

ޤާޒީ ހައިލަމް މަޤާމުން ސަސްޕެންޑްކުރީ ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަދާފައިވާ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖާ ގުޅިގެންނެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ފާޑު ވިދާޅުވެ، އެކޮމިޝަނުން ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކުރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް އިސްތިއުފާ ދެއްވާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ހައިލަމް އިސްތިއުފާދެއްވައި ޖޭއެސްސީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އެކޮމިޝަނުން އޭނާއާބެހޭ ނިންމުންތައް ނިންމާފައިވަނީ، އޭނާ ބަޔާންކޮށްފައިވާ ވާހަކަތަކަށް އެއްވެސް ވަރަކަށް ރިއާޔަތްކުރުމެއް ނެތި ކަމަށާއި، ޖޭއެސްސީން އޭނާއާ މެދު ނިންމާފައިވާ ނިންމުންތައް ގާނޫނުއަސާސީ އާއި އެކޮމިޝަނުގެ ގާނޫނާ އެއްގޮތްވެގެން ނުވާކަމަށެވެ.

މީގެ އިތުރުން ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މަސައްކަތްކުރަނީ އަދުލް އިންސާފު ގާއިމުކުރުމުގެ ނިޒާމު ސިޔާސީ ގޮތުން ވަކި މިސްރާބަކަށް ބައްޓަންކުރުމަށް ކަމަށާއި، ފަނޑިޔާރުކަމުން އޭނާ ސަސްޕެންޑްކޮށް، މަގާމުން ވަކިކުރަން ފޮނުވީ ވެސް ގާނޫނީ ހަމަތަކުގެ ބޭރުން ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.