އާސެނަލް މޮޅަކާއެކު ކުރިޔަށްޖެހިލިއިރު ޔުނައިޓެޑަށް ބޮޑުބައްޔެއް

އާސެނަލް މޮޅަކާއެކު ކުރިޔަށްޖެހިލިއިރު ޔުނައިޓެޑަށް ބޮޑުބައްޔެއް

ގުޅުންހުރި

އިނގިރޭސި ލީގުގައި އާސެނަލުން މޮޅެއް ހޯދާ ލީގުގައި ކުރިޔަށް ޖެހިލިއިރު މެންޗެސްޓަރ ޔުނައިޓެޑުން ބޮޑު ބައްޔަކުން ބަލިވެއްޖެއެވެ.

ލީގުގައި އާސެނަލް މޮޅުވީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޝެފީލްޑް ޔުނައިޓެޑުގެ މައްޗަށް 2-1 ލަނޑުން ކުރި ހޯދައިގެންނެވެ. ދެވަނަ ހާފުގައި ލަނޑުތައް ފެނިގެން ދިޔަ މެޗުގެ އާސެނަލަށް ލަނޑުތައް ކާމިޔާބުކޮއްދިނީ ބުކަޔޯ ސާކާ އާއި ނިކޮލަސް ޕެޕޭއެވެ. ސެފީލްޑުން ލަނޑުޖެހީ ޑޭވިޑް މެކްގޯލްޑްރިކްއެވެ. މިއީ މިސީޒަނުގައި ޝެފީލްޑުން ޖެހި ފުރަތަމަ ލަނޑެވެ. މިއީ ޝެފީލްޑަށް ލީގުގައި ވިދިވިދިގެން މޮޅެއް ނުހޯދުނު ހަތްވަނަ މެޗެވެ.

ރޭގައި ލީގުގައި މެންޗެސްޓަރ ޔުނައިޓެޑު ވަނީ ޓޮޓްނަމްއާ ވާދަކޮށް އަމިއްލަ ދަނޑުގައި 6-1 ލަނޑު ބަލިވެފައެވެ. މިއީ މެންޗެސްޓަރ އަތުން މިފަދަ ނަތީޖާއަކުން 2011 ވަނައަހަރު އެ ޓީމް ބަލިވި ފަހުން މެންޗެސްޓަރ ސިޓީ އަތުން މިފަދަ ނަތީޖާއަކުން ބަލިވި ފުރަތަމަފަހަރެވެ. ރޭގެ މެޗުގެ ކުރީކޮޅު ޔުނައިޓޑުން ވަނީ ލިބުނު ޕެނެލްޓީއަކުން ލަނޑުޖަހާ ކުރި ހޯދާފައެވެ. ޔުނައިޓެޑަށް މައްސަލަ ކުރިމަތިވީ މެޗުގެ 28 ވަނަ މިނިޓުގައި އެންތެނީ މާޝިއަލްއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.

ރޭގެ މެޗުގައި ޓޮޓްނަމްއަށް ސޮން އާއި ހެރީކޭން، މިއިން ކޮންމެ ކުޅުންތެރިޔަކު ދެލަނޑު ކާމިޔާބުކުރި އިރު އަނެއް ދެ ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ޓެންގައި ނޮމްބެލް އާއި ސާޖް އައުރިއާއެވެ. މިއީ ތިން މުބާރާތެއްގައި ޓޮޓްނަމުން 11 ދުވަސްތެރޭގައި ކުޅުނު ފަސްވަނަ މެޗެވެ.

ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ވެސްޓްހަމް ވަނީ ލެސްޓަރ ސިޓީގެ މައްޗަށް 3-0 ލަނޑުން ކުރި ހޯދާފައެވެ. ވުލޮވޯސް ފުލަމްގެ މައްޗަށް 1-0 ލަނޑުން ކުރި ހޯދި އިރު ސައުތުހެމްޓަން ވަނީ ވެސްޓްބްރޮމް 2-0 ލަނޑުން ކުރި ހޯދާފައެވެ.

އާސެނަލް ހޯދި މޮޅާއެކު ލީގުގެ ހަތަރު ވަނައަށް ޖެހިލިއިރު ޔުނައިޓެޑު އަތުން ހޯދި ބޮޑު މޮޅާއެކު ޓޮޓްނަމް ވަނީ ފަސްވަނައަށް އަރައިފައެވެ. ޔުނައިޓެޑް ވަނީ ލީގުގެ 16 ވަނައަށް ވެއްޓިފައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *