މާލޭގައި އުމުރުން ދުވަސްވީ މީހެއް ވީލްޗެއާ ގެންނަންދެން އޭނާގެ ދަރިފުޅު، އޭނާ އުރާލައިގެން ހުރި ފޮޓޯއަށް ގިނަ ބައެއްގެ ތައުރީފް ލިބިއްޖެއެވެ.
މާލޭގެ ބޮޑު ތަކުރުފާނުމަގު ބީއެމްލެ ކައިރީގައި ގިނަ އިރުތަކެއް ވަންދެންދެން އެމީހާ ވަނީ މަންމަ އުރާލައިގެން މަޑުކޮށްފައެވެ. މިފޮޓޯ ސޯޝަލް މިޑިއާގައި ދައުރުވަމުންދާއިރު، ގިނަ ބައެއްގެ އިޚުތިރާމާއި، ހިތްހެޔޮ ޝުއޫރުތައް ދަނީ އޮއްސާލަމުންނެވެ. ގިނަ ބަޔަކު ދަނީ އެމީހާއަށް ތައުރީފްގެ ބަސްތައް އޮއްސަމުންނެވެ.
މާލެއަކީ ކާރުބާރު ބޮޑު ސިޓީއަކަށްވާއިރު، މާލޭގައި މިފަދަ މަންޒަރުތައް ދޭތެރެ ދޭތެރެއިން ފެނިގެން ދެއެވެ.
ވީލް ޗެއާރ އަންނަންދެން މަންމަ އުރާަލައިގެން ❤️
?: Hussain Shahid pic.twitter.com/4tCf1oA9U4
— Midhuam Saud(米渡)?? (@midh_am) August 28, 2021
މިމީހާގެ ފޮޓޯއާއިއެކު ދައުލަތުގެ ގިނަ ބޭފުޅުންގެ ސަމާލުކަމަށްވެސް ވަނީ މިފޮޓޯގެ ސަމާލުން އައިސްފައެވެ. އެގޮތުން މިނިސްޓަރ މަހުލޫފްވެސް ވަނީ މިފޮޓޯ ރީޓުވީޓް ކުރައްވާފައެވެ. މިނިސްޓަރ މަހުލޫފްއަކީ މިފަދަ އެކި ހާލަތްތަކުގައި އެކި ބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ