ގޯހަރްގެ ދެމަފިރިންނާއި އަނީތާގެ ދެމަފިރިން ރާއްޖޭގައި

ގޯހަރްގެ ދެމަފިރިންނާއި އަނީތާގެ ދެމަފިރިން ރާއްޖޭގައި

Author
ފާތިމަތު ނާވީ
29 އޮގަސްޓް 2021 11:48
0

ބޮލީވުޑްގެ މަގުބޫލު ބަތަލާ ގޯހަރް ޚާން އޭނާގެ ފިރިމީހާ އާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. އެމީހުން ރާއްޖެ އައިސްފައިވަނީ އަންގާރަ ދުވަހުއެވެ. އެމީހުން ޗުއްޓީ ހޭދަކުރަމުންދަނީ ފުރަވަޅި ރިސޯޓްގައެވެ.

މި ދެމަފިރިން ރާއްޖެ އައިސްފައި މިވަނީ ގޯހަރްގެ އުފަން ދުވަސް ފާހަގަ ކުރުމަށެވެ. ގޯހަރް ވަނީ ރާއްޖޭގެ ރީތި ހިތްގައިމު މާހައުލުގައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

 

View this post on Instagram

 

A post shared by Gauahar Khan (@gauaharkhan)

ގޯހަރް ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތަކުގެ ސަޕޯޓިންގ ރޯލުތަކުން ފެނިގެން ގޮސްފައެވެ. އެންމެ ފަހުން އޭނާ ފެނިގެން ދިއައީ "14 ފޭރޭ" އިންނެވެ. މީގެ އިތުރުން އޭނާ ވަނީ ރިއަލިޓީ ޝޯތަކުން ފެނިގެން ގޮސްފައެވެ.

ގޯހަރުގެ އިތުރުން ޓެލެވިޒަން އެކްޓްރެސް އަނީތާ ހައްސަނަންދަނީ ވެސް މިވަގުތު އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. މި އަހަރު ފެބްރުވަރީ މަހުގައި އަނީތާއަށް ވަނީ އަލަތު ދަރިފުޅު ލިބިފައެވެ. މި ޗުއްޓީ އަކީ އެކުއްޖާގެ ފުރަތަމަ ޗުއްޓީއެވެ. އަނީތާ ވަނީ މީގެ ކުރިންވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.

 

View this post on Instagram

 

A post shared by Anita H Reddy (@anitahassanandani)

އަނީތާ ރާއްޖެ އައިސްފައިވަނީ މީގެ 5 ވަރަކަށް ދުވަސް ކުރިންނެވެ. ފިރިމީހާ އާއި ދަރިފުޅާއެކު އޭނާ ޗުއްޓީ ހޭދަކުރަމުންދަނީ ކޮކޯ ޕާމް ބޮޑުހިތި ރިސޯޓްގައެވެ.

އަނީތާ އަންނަނީ ޗުއްޓީގެ ގިނަ ފޮޓޯތަކެއް އިންސްޓަގްރާމް ގައި ހިއްސާ ކުރަމުންނެވެ. ކޯވިޑް-19އަށް ފަހު ބޮލީވުޑްގެ ގިނަ ތަރިންގެ ޗުއްޓީ މަންޒިލަކަށް ރާއްޖެ ވަނީ ވެގެން ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.