ތިލަމާލެ ބްރިޖު ޕްރޮޖެކްޓާމެދު ސަރުކާރަށް އިތުބާރެއް ނެތް: އަދުރޭ

ތިލަމާލެ ބްރިޖު ޕްރޮޖެކްޓާމެދު ސަރުކާރަށް އިތުބާރެއް ނެތް: އަދުރޭ

Author
މުޙައްމަދު ޖިމީ
26 އޮގަސްޓް 2021 06:19
0

ތިލަމާލެ ބުރިޖު މަޝްރޫޢުއާއމެދު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށްވެސް ޔަޤީންކަން ނެތްކަމަށް ވިދާލުވެ އިދިކޮޅު ކޯލިޝަން ހަވާލުވެ ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ގްރޭޓަރ މާލޭ ސަރަޙައްދު އެއް ވިއުގާއަކުން ގުޅާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންމެ މުހިއްމު ރިޔާސީ ވަޢުދުފުޅެކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސަައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ އެފްކޮންސް އިންފްރާސްޓްރަކްޗަރާއެވެ.

އަދުރޭ ވިދާޅުވީ ތިލަމާލެ ބްރިޖް މަޝްރޫޢު އެއްބަސްވުމާއި ގުޅޭގޮތުން އަދުރޭ ވިދާޅުވީ، ތިލަމާލެ ބުރިޖުގައި ސޮއިކުރި ރަސްމިއްޔާތަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް އަދި ނައިބް ރައީސް ފައިޞަލް ނަސީމް ވެސް ވަޑައިނުގަތުމަކީ އެ ޕްރޮޖެކްޓާ މެދު ރައީސް ޞާލިޙަށް ވެސް ޔަގީންކަން ނެތުމުންކަމަށެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެފްކޮން އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އާރު އަންތަ ކުމާރެވެ.

މިރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވިއެވެ.

ގްރޭޓަރ މާލޭ ސަރަޙައްދު އެއް ވިއުގާއަކުން ގުޅާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންމެ މުހިއްމު ރިޔާސީ ވަޢުދުފުޅެކެވެ. މި މަޝްރޫޢުގެ ދަށުން 6.7 ކިލޯ މީޓަރުގެ ދިގު ބްރިޖް އަދި ކޯސްވޭއިން މާލެއާއި ވިލިމާލެއާއި، ތިލަފުށި އަދި ގުޅީފަޅު ގުޅާނާލެއެވެ. މި މަޝްރޫޢަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައިވަނީ އިންޑިއާ ހިލޭ އެހީއާއި ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އެގޮތުން މި މަޝްރޫޢަށް 100 މިލިއަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އިންޑިއާ ސަރުކާރުން ދެއްވާފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ގުޅީފަޅުގައި އަޅާ ބައިނަލްއަޤްވާމީ ބަނދަރު އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން މާލެއާއި ގުޅާލުން ވެގެންދާނީ ރާއްޖޭގެ އިޤްތިޞާދީ މައި އިންޖީނަށްކަމަށް ސަރުކާރުން ދެކެއެވެ. އެފްކޮންސް އިންފްރަސްޓްރަކްޗަރާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިންމުމަށް އަމާޒު ހިފާފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައެވެ. އެކުންފުންޏަކީ އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއުވެސް ކުރިއަށްގެންދާ ކުންފުންޏެވެ.

6.7 ކިލޯ މީޓަރު ދިގު މި ބްރިޖް/ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.