ބަރުލަމާނީ ނިޒާމަކީ ހުރިހާ އެއްޗެއް އެއްޖީބަކަށް އަޅާނިޒާމެއްކަމަށް ބުނެ ޤާސިމް ދެއްކެވި ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ރައްދު ދެއްވައިފިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށްޓަކައި ރައްޔިތުންގެ ޕެޓިޝަނެއް ހެދުމަށް އެމްޑީޕީން މަސައްކަތް ކުރަމުންދާއިރު، މިޕެޓިޝަންގައި އެއްވެސް ރައްޔިތަކު ސޮއި ނުކުުރުމަށް ސަރުކާރު ކޯލިޝަންގަިއ ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ. ޤާސިމް ވިދާޅުވެފައިވަނީ ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުވާން ހެޔޮ ނުވާނެ ކަމަށާއި އެ ހާލަތުގައި "ހުރިހާ އެއްޗެއް އަޅާލާނީ އެއް ޖީބަށް" ކަމުގައެވެ.
ޤާސިމްގެ މިވާހަތަކަށް ވަރަށް ކުރުކޮށް ރައްދު ދެއްވަމުން ވައްޑެ ވިދާޅުވީ ޤާސިމަކީ އެއްޖީބަކަށް ހުރިހާ އެއްޗެއް އަޅާވާހަކަ ދައްކަވަަން އެންމެ އައުލާކަން ބޮޑު ބޭފުޅާކަމަށެވެ.
އެއް ޖީބު ވާހަކަ ދައްކަން އެންމެ އައުލާކަން ބޮޑު ބޭފުޅާގެ އަމިއްލަ ޖީބުގެ ދިފާއުގައި.
ވަހީދު ވިދާޅުވިއެވެ.
ނަޝީދުގެ އަވާގައި ޖެހި، ބަރުލަމާނީ ނިޒާމު ގެނައުމަށް މަސައްކަތް ނުކުރުމަށް ޤާސިމް ގޮވާލައިފި
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ދިވެހިރާއްޖެ ވަނީ ކުރިންވެސް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް އެކަމުގެ ތަޖުރިބާ ކޮށްފައިވާކަމަށާއި ބަރުލަމާނީ ނިޒާމެއްގައި ރައީސެއްގެ ކޯޅުންގަނޑު ބޮޑުވާނެކަމަށެވެ. ބަރުލަމާނީ ނިޒާމަކީ މަޖިލީހުން ހުރިހާ ކަމެއްކޮށް، ހުރިހާ ބާރެއް އެއްބައެއްގެ އަތަށް ނެގުމަށް ގެނެވޭ ނިޒާމެއްކަމަށެވެ. މިއަދު ރާއްޖޭގައި އެނިޒާމު ގެންނަން މަސައްކަތް ކުރަނީ ނަޝީދުގެ އަވާޖެހިގެން އުޅޭ ބަޔަކު ކަމަށާއި، އެކަމަށް ތާއީދު ނުކުރުމަށް ޤާސިމް ވަނީ ގޮވާލާފައެވެ
ޤާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ އެއްވެސް ތާކުންތާކު ނުޖެހޭ ނިޒާމެއްކަން، އެގެނީ ވެރިމީހާއަށް 1000 ވޯޓު ލިބޭމީހާއަށްވެސް އާދެވުމުގެ ފުރުސަތު އޮތުމުންކަމަށެވެ. ވެރިޔަކަށް ހުންނަ މީހަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން ތަމްސީލް ކުރަން އަންނަ ވެރިޔަކަށްވާއިރު، ކުޑަ އާބާދީއެއް އޮންނަ ދާއިރާއެއްގެ މެމްބަރުކަމަށް އިންތިޚާބުވެގެން އަނަން މީހަކު ބޮޑުވަޒީރަކަށް އައްޔަންކޮށް، ރައީސަށް ހުންނަ މީހަކަށް ދައުލަތުން ބޮޑު ޚަރަދު ކުރުމަކީ އެއްވެސް ތާކުން ތާކު ޖެހޭ ކަމެއް ނޫންކަމަށް ޤާސިމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ