"ތަލައިވީ" އަންނަ މަހުގެ 10 ގައި ސިނަމާތަކަށް!

"ތަލައިވީ" އަންނަ މަހުގެ 10 ގައި ސިނަމާތަކަށް!

Author
ފާތިމަތު ނާވީ
28 އޮގަސްޓް 2021 09:38
0

ކޯވިޑް-19ގެ ސަބަބުން ބޮލީވުޑްގެ ގިނަ ފިލްމު ތަކެއް ވަނީ ރިލީޒަ ނުކުރެވިއެވެ. އެގޮތުން ރިލީޒް ނުކުރެވި ވާނުވާގެ ލިސްޓްގައި އޮތް ކަންގަނާ ރަނާވަތުގެ "ތަލައިވީ" އަންނަ މަހު 10 ގައި ރިލީޒް ކުރުމަށް ނިންމައިފިއެވެ.

ކަންގަނާ ވަނީ އޭނާގެ އިންސްޓަގްރާމްގައި މި ފިލްމްގެ ޕޯސްޓަރު ހިއްސާ ކޮށްފައެވެ.

 

View this post on Instagram

 

A post shared by Kangana Ranaut (@kanganaranaut)

މި ފިލްމްގެ ޑައިރެކްޓަރަކީ އޭ އެލް ވިޖޭއެވެ. މި ފިލްމަކީ ޓެމިލްނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރ ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ބަޔޮގްރަފިކަލް ޑްރާމާއެކެވެ. އޭނާ ވަނީ 2016 ވަނަ އަހަރު މަރުވެފައެވެ.

ކަންގަނާގެ އިތުރުން މި ފިލްމްގެ ކާސްޓްގެ ތެރޭގައި އަރުވިންދު ސްވާމީ، ބާގްޔަޝްރީ، މަދޫ، ރާޖް އަރުޖުން، ޖިއްޝޫ ސެންގުޕްތާ އަދި ޕޫރްނާ ފަދަ ތަރިން ހިމެނެއެވެ.

ކަންގަނާ މިހާރު ކުރަމުންދާ މަސައްކަތަކީ ފިލްމް "ތޭޖަސް"ގެ ޝޫޓިންގެ މަސައްކަތްތަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.