އިސްލާމްދީން ހިމާޔަތްކުރަން މިސަރުކާރުން ކުރިވަރުގެ މަސައްކަތެއް އެއްވެސް ސަރުކާރަކުން ކޮށްފައެއް ނެތް: ޔަޢުޤޫބު

އިސްލާމްދީން ހިމާޔަތްކުރަން މިސަރުކާރުން ކުރިވަރުގެ މަސައްކަތެއް އެއްވެސް ސަރުކާރަކުން ކޮށްފައެއް ނެތް: ޔަޢުޤޫބު

Author
މުޙައްމަދު ޖިމީ
24 އޮގަސްޓް 2021 12:14
0

މަލްޓިޕާޓީ ޑިމޮކްރަސީ ފެށުނުފަހުން އިސްލާމްދީނުގެ އުސޫލްތައް ހިފެހެއްޓުމާއި އިސްލާމް ދީން ނެގެހެއްޓުމަށްޓަކައި މިސަރުކާރުން ކުރިވަރުގެ މަސައްކަތެއްކުރި އެއްވެސް ސަރުކާރެއް ހާތަނަށް ފެނިފައިނުވާކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔަޤުޤޫބު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އިސްލާމްދީނަށް ފުރައްސާރަކުރުން ހުއްޓުވުމުގެ މަޤްޞަދުގައި ޤާނޫނުލް އުޤޫބާތަށް ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ހުށައެޅުއްވި ބިލަށް ވާހަކަފުޅު ދައްކަވަމުން ޔަޢުޤޫބު ވިދާޅުވީ، މިސަރުކާރުން ހަރުކަށި ފިކުރާއި އިސްލާމްދީނަށް ފުރައްސާރަކުރުންފަދަ ދީނުގެ އަސްލަކަށް ގެއްލުންވާފަދަ އެއްވެސްކަމަށް ޖާގަދޭތަން ފެނިގެން ނުދާކަމަށެވެ. އިސްލާމް ދީނާއި ޚިލާފް އެއްވެސްކަމަށް ސަރުކާރުން ޖާގަ ނުދޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ޔަޢުޤޫބު ވިދާޅުވިއެވެ. އޭނާ ވަނީ އެއްވެސް ބިލެއްގައި ދީނާއި ޚިލާފް ނުަވަތަ ދީނީ ކަންކަމާއި ފުށުއަރާކަމެއް އޮވެއްޖެކަމަށްވާނަމަ އެކަމާއި ދެކޮޅަށް ހުންނާނެކަމަށްވެސް ވިދާޅުވެފައެވެ. ޔަޢުޤޫބު ވިދާޅުވީ، މަލްޓިޕާޓީ ޑިމޮކްރަސީ ފެށުނުފަހުން އިސްލާމްދީނުގެ އުސޫލްތައް ހިފެހެއްޓުމާއި އިސްލާމް ދީން ނެގެހެއްޓުމަށްޓަކައި މިސަރުކާރުން ކުރިވަރުގެ މަސައްކަތްކުރި އެއްވެސް ސަރުކާރެއް މިވީހާތަނަށް ފެނިފައެއް ނެތްކަމަށެވެ.

އެއްވެސް ބިލެއްގައި ދީނާއި ޚިލާފް ނުަވަތަ ދީނީ ކަންކަމާއި ފުށުއަރާކަމެއް އޮވެއްޖެކަމަށްވާނަމަ އަޅުގަނޑު އެކަމާއި ދެކޮޅަށް ހުންނާނެވާހަކަ ދަންނަވަން. އަޅުގަނޑަށް ފެންނަ ގޮތުގައި މިރާއްޖޭގައި މަލްޓިޕާޓީ ޑިމޮކްރަސީ ފެށުނުފަހުން އިސްލާމްދީނުގެ އުސޫލްތައް ހިފެހެއްޓުމާއި އިސްލާމް ދީން ނެގެހެއްޓުމަށްޓަކައި މިސަރުކާރުން ކުރިވަރުގެ މަސައްކަތްކުރި އެއްވެސް ސަރުކާރެއް މިވީހާތަނަށް ފެނިފައެއް ނެތް.

– ޔަޢުޤޫބު ޢަބްދުﷲ

ޔައުގޫބު ވިދާޅުވީ، ފާއިތުވެގެންދިޔަ ރައީސް ޔާމީންގެ ސަރުކާރުގައި ހަރުކަށި ފިކުރުގެ އެއްވެސް ފަރާތަކާމެދު އެއްވެސް ފިޔަވަޅެއް އެޅިތަނެއް ފެނިފައިނުވާކަމަށާއި، އޭގެ ބަދަލުގައި ފެނިގެން ދިޔައީ ހަރުކަށި ފިކުރުގެ މީހުންނަށް ފުރުޞަތު ދީގެން އެމީހުން ބޭނުންވާގޮތަށް މާހައުލު ތަނަވަސްކޮށްދީގެން ވެރިކަމުގެ ނިޒާމް ހިންގަމުންދިޔަ ސަރުކާރެއްކަމަށެވެ.

ޔައުގޫބު ވަނީ އިސްލާމް ދީން ޕްރޮމޯޓްކުރުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއްކުރަމުން އަންނަކަމަށްވެސް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.