ޓިކްޓޮކްގައި މަޝްހޫރުކަން ހޯދަމުންދިޔަ ޝިފާ ބުރުފާ އެޅިތާ މަސް ދުވަސް ނުވަނީ ބުރާ ނަގައިފިއެވެ.
އޭނާ ވަނީ ބުރުގާ ނެގީ ކީއްވެ ކަމާއި، ކޮން ސަބަބާއި ހެދިކަން ސަންގު ޓީވީގެ ޕްރޮގުރާމެއްގައި ކިޔައި ދޭނެކަމަށް ބުނެފައެވެ. ޝިފާ އާއްމުންނަށް ފުރަތަމަ ފެނުނީ މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަން އަކުންނެވެ. އޭރު އޭނާ ހުރީ ބުރުގާ އަޅައިގެންނެވެ. ނަމަވެސް ދެން އާއްމުންނަށް ޓިކްޓޮކް އިން ޝިފާ ފެނުނު އިރު އޭނާ ހުރީ ބުރުގާ ނަގައިގެންނެވެ. ޝިފާ އެންމެ ފަހުން ބުރުގާ އެޅީ މިދިޔަ ޖުލައި މަހުއެވެ. ބުރުގާ އެޅުމަށް ފަހު ޝިފާ ވަނީ ޓިކްޓޮކްގައި ހުރި ވީޑިއޯތައް ވެސް ރިމޫވް ކޮށްފައެވެ.
މިހާރު އުމުރުން 21 އަހަރުގެ ޝިފާ ވަނީ ބައެއް ފިލްމުތަކުން ވެސް ފެނިފައެވެ. އަދި އޭނާގެ ބައެއް ފިލްމުތައް މިހާރު ވެސް ރިލީޒް ކުރުމުގެ މަގުމަތީގައި އެބައޮތެވެ.
އޭނާ ވަނީ މަޝްހޫރު ފިލްމީ ތަރިންނާއެކުވެސް މަސައްކަތްކޮށްފައެވެ.
ކޮމެންޓު ފޮނުވާ