އަކްރަމަށް އިންތިޚާބުގައި ވާދަ ކުރެއްވޭނެކަމަށް އެމްޑީޕީން ނިންމައިފި

އަކްރަމަށް އިންތިޚާބުގައި ވާދަ ކުރެއްވޭނެކަމަށް އެމްޑީޕީން ނިންމައިފި

Author
ޢަލީ އާދަމް
23 އޮގަސްޓް 2021 08:28
0

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ޝަރުތު ހަމަނުވާކަން ޕާޓިން ނިންމާފައިވާ ނިންމުން މުރާޖައާކޮށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ދިނުމަށް ނިންމައިފިއެވެ.

އެޕާޓީން އިންތިޚާބުގައި ކުރިމަތިލާން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު އާންމުކުރިއިރު އަކްރަމް އާއި ޔޫތު މިނިސްޓަރ އަޙްމަދު މަހްލޫފު ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާއި ސިޓީއަކުން ވަނީ އަންގާފައެވެ.

މިކަމާގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އެޑްރެސްކުރައްވައި އަކުރަމް ފޮނުއްވި ސިޓީއެއްގައި، ޕާޓީގެ ނިންމުމާ ގުޅިގެން ގިނަ ކަންތައްތަކެއް ވަނީ ފާހަގަކުރައްވައިފައެވެ. އަދި އަކްރަމްގެ ފަރާތުން އެނިންމުން މުރާޖާކޮށްދިނުމަށް އެދުމުން ޕާޓީގެ ދަރާތުން ދާއިރާތަކުގެ އިންތިޚާބާ ބެހޭ ކޮމިޓީން އެކަން ބަލައި އަކްރަމަށް ކުރިމަތިލެއްވޭނެކަމަށް މިހާރު ވަނީ ނިންމާފައެވެ. މިކަން އެމްޑީޕީގެ ޤައުމީ ހިންގާ ކޮމިޓީގެ މެމްބަރަކު ވަނީ ކަށަވަރު ކޮށްދީފައެވެ.

އަކްރަމްގެ ޝަރުތު ހަމަނުވާކަމަށް ޕާޓިން ކުރިން ނިންމި ނިންމުމުގައި ބުނެފައި ވަނީ އޭނާގެ މައްސަލައެއް އެސީސީން ތަހުގީގު ކުރަމުން ދިއުމެވެ.

އަކުރަމް ކުރިމަތިލައްވަން ހުށަހެޅުއްވީ މާލެ ދާއިރާގެ ރައީސް ކަމަށެވެ. އެމަގާމަށް ދެން ކުރިމަތިލެއްވީ މާލޭގެ ކުރީގެ މޭޔަރު ޝިފާ މުޙައްމަދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.