ކޯވިޑްގައި އައްޑޫއިން މީހަކު ނިޔާވެއްޖެ

ކޯވިޑްގައި އައްޑޫއިން މީހަކު ނިޔާވެއްޖެ

ގުޅުންހުރި

ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އައްޑޫ ސިޓީގެ ހޯމް ކަރަންޓީނުގައި ހުރި މީހަކު ނިޔާވެއްޖެއެވެ.

މިއަދު މަރުވެފައި ވަނީ އުމުރުން 92 އަހަރުގެ ދިވެހި އަންހެކެވެ. އޭނާއަކީ ކޯވިޑް ޖެހިގެން ކަރަންޓީނުގައި ހުރި މީހެކެވެ. އައްޑޫ އިކުއޭޓިރިއަލް ހޮސްޕިޓަލަށް އޭނާ ގެންގޮސްފައި ވަނީ މިއަދު ހެނދުނު 7:20 ގައެވެ. ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިއީ އައްޑޫން ކޮވިޑް ބަލީގައި މިހާތަނަށް މަރުވި ތިންވަނަ މީހާ އެވެ. އަދި ރާއްޖެއިން އެ ބަލީގައި މަރުވި 224 ވަނަ މީހާ އެވެ.

އިއްޔެވެސް ވަނީ ރާއްޖެއިން ކޯވިޑްގައި މީހަކު ނިޔާވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ