ނިޒާމް ބަދަލުކުރުމުގެ ކުރިން، ރައްޔިތުން އެދޭ ބަދަލަށް މަގުފަހިކޮށްދޭންޖެހޭ: މަލީހް

ނިޒާމް ބަދަލުކުރުމުގެ ކުރިން، ރައްޔިތުން އެދޭ ބަދަލަށް މަގުފަހިކޮށްދޭންޖެހޭ: މަލީހް

Author
މުޙައްމަދު ޖިމީ
22 އޮގަސްޓް 2021 08:38
0

ވެރިކަމުގެ ނިޒާމުގެ ވާހަކަ ދެއްކުމުގެ ކުރިން އެމްޑީޕީގެ ސުޕަ މެޖޯރިޓީން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަޒުލުކޮށް ރައްޔިތުން ބޭނުންވާ ބަދަލު މަގުފަހިކޮށްދޭންޖެހޭކަމަށް މިސަރުކާރުގެ ފުރަތަމަ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދުގައި ހިމެނޭ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރުމަށް އެދި ތައްޔާރުކުރަމުންދާ ޕެޓީޝަނަށް އިޝާރާތްކުރައްވާ މަލީޙް ވިދާޅުވީ، ނިޒާމުގެ ވާހަކަ ދައްކެމުގެ ކުރިން ޤައުމު މިއޮތް ސުކޫތުން އަރައިގަތުމަށް އެމްޑީޕީގެ 65 މެމްބަރުން އެކައްޗެއްކިޔާ ރައީސް އަޒުލުކޮށް ރައްޔިތުން ބޭނުންވާ ރިފޯމްއަށް މަގުފަހިކޮށްދޭންޖެހޭކަމަށެވެ.

މިޤައުމު ނުހިނގާ. ބަދަލަކަށް އެއްމެން އެކައްޗެއް ކިޔަންޖެހޭ.

– މުޙައްމަދު މަލީހު ޖަމާލް

–*

ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް، އެނިޒާމު ރާއްޖެއަށް ގެނައުމަށްޓަކައި، ރައީސް ޞާލިހުއަށް ހުށަހަޅާ ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއިކުރެއްވުމަށް އެންޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެޕާޓީގެ ޤައުމީ މަޖިލީހުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދަކީ ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެނައުމަށްޓަކައި، އެންމެ ބޮޑަށް ވަކާލާތު ކުރައްވާ ސިޔާސީ ލީޑަރެވެ. ބަރުލަމާނީ ނިޒާމު ގެނައުމަށްޓަކައި ރައީސަށް ހުށަހަޅާ ޕެޓިޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މި ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއިކުރުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސް އަޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައެވެ.

ޕެޓިޝަންގައި ސޮއިކުރުން ފެށުމަަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކާއި އެމްޑީޕީގެ ބައެއް އާންމުން ވަނީ ބައިވެރިވެފައެވެ. އެގޮތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. ޕެޓިޝަންގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރި ނުވެވުނަށް، މަޖލީހުގައި ތިއްބެވި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބައެއް މެމްބަރުންނާއި، އެމްޑީޕީގެ ބައެއް އާންމު މެމްބަރުންވެސް ގެންދަވަނީ ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ޝުއޫރު ފާޅު ކުރައްވަމުންނެވެ.

ރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަންވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ބައެއް މަޖިލިސް މެންބަރުންނަށާއި ރައީސް ޞާލިޙަށް ރައީސް ނަޝީދު ވަނީ މެސެޖްވެސް ފޮނުވާފައެވެ. މެސެޖްގައިވަނީ 2024 ގައި ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، 2023ގެ ރިޔާސީ އިންތިހާބު ނުބާއްވައި ރައީސަކު ކަނޑައަޅާނީ މިހާރު އޮތް މަޖިލީހުން ކަމަށް ކަނޑައަޅަން ބޭނުންފުޅުވާކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިހާރު އޮތް ވެރިކަން ކުރާ ކޯލިޝަން ރޫޅާލުމަށް އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް ރައީސް ޞާލިހު ވިދާޅުވަމުންދަނީ ރައްޔިތުން ވެރިކަން ހަވާލުކުރީ ކޯލިޝަނަކާއި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

M Mamolhu
Bala minister kamun vaki kurshdhen raees solih varu kameh nethigen ulhunu meehen nootha thee, ha kulliakah raees azul kuran vejje??