އައްޑޫ ސިޓީ ހިތަދޫއާއި، މަރަދޫގެ އެމްޑީޕީގެ ކަންކަމުގައި، އެންމެ އިސްކޮށް ހަރަކާތްތެރިވާ ދެބޭފުޅަކު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި ގުޅިއްޖެއެވެ.
އިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އަތޮޅުތެރޭގެ ރަށްތަކަށް ފަށާފައިވާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން، އައްޑޫ ސިޓީއަށް ކުރަމުންދާ ދަތުރުގައި ޕްރޮގްރެސިވް ކޯލިޝަންގެ ޓީމުންދަނީ އެސިޓީގެ ގުޅިފައިވާ ރަށްތަކަށާއި، މީދޫއަށްވެސް ޒިޔާރަތްކޮށްފައެވެ. މި ދަތުރުގެ ތެރެއިން އައްޑޫސިޓީގެ ގިނަ ބަޔަކު ވަނީ ޕީޕީއެއްމަށް ސޮއިކޮށްފައެވެ.
Addu city ge hithadhoo MDP gai varah Iss koh harakaaitherivaa beyfulheh kamah vaa Jaleel Moosa miadhu PPM ah soi koffi. Marhabaa Jaleel. #MavesPPM pic.twitter.com/qgpPB4vg8g
— Progressive Party of Maldives (@ProgressPartyMV) August 20, 2021
ހިތަދޫއިން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި ގުޅުނީ އެރަށުގެ އެމްޑީޕީގެ ހަރަކާތްތަކުގައި މީގެ ކުރިން އެންމެ އިސްކޮށް ހަރަކާތްތެރިވި ޖަލީލް މޫސާއެވެ. މަރަދޫއިން އިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި ގުޅުނީ އެރަށުގެ އެމްޑީޕީ ލީޑް ކުރައްވާ އެއްބޭފުޅެއްކަމަށްވާ މުހައްމަދު ޒަފަރުއެވެ. މިދެބޭފުޅުންވެސް ސޮއިކުރުމަށްފަހު ފޯމު ހަވާލުކޮށްފައިވަނީ އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރޝިޕްގެ ބޭފުޅުންނާއެވެ.
Addu City ge Maradhoo MDP ge varah varugadha beyfulheh kamah vaa Mohamed Zafar miadhu PPM ah soi koffi. Marhabaa Zafar pic.twitter.com/3NubNPUfMk
— Progressive Party of Maldives (@ProgressPartyMV) August 20, 2021
މިދަތުރުގައި އައްޑޫ ސިޓީގެ އެކި ރަށްތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އައްޑޫ ސިޓީއަށް ދިމާވެފައިވާ މައްސަލަތައް އިދިކޮޅު ޓީމުން ވަނީ އޮޅުން ފިލުވާފައެވެ. އައްޑޫ ސިޓީގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން ގިނަ ކަންކަމާއި އަޅާނުލައި އައްޑޫ ރައްޔިތުން ބާކީ ކުރާކަމުގެ ޝަކުވާއެވެ. ކޮންމެ އިންތިޚާބަކަށް އައްޑޫ ސިޓީއަކީ އެމްޑީޕީއަށް ވޯޓު ހޯދަން އޮތް ސިޓީއަކަށް ހަދައި ތަރައްޤީގެ ކަންކަމުގައި އެންމެ ކުޑަރަށް ގެންނަ ތަރައްޤީވެސް އައްޑޫ ސިޓީއަށް ނުގެނެސްދޭކަމުގެ ޝަކުވާ އެސިޓީގެ ރައްޔިތުން ވަނީ ކޮށްފައެވެ.
އަދި އައްޑޫ އިންޓަރނޭޝަން އެއާޕޯޓަކީ ނަން ބޯޑު ހަރުކޮށްފައި އޮތް އެއާޕޯޓެއް ކަމަށާއި، އިންޓަރ ނޭޝަނަލް ފްލައިޓެއް ޖައްސާލި ދުވަހެއް ހަދާނެއްވެސް ނެތްކަމަށް އެރަށުގެ ރައްޔިތުން ވަނީ ބުނެފައެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ އިންޑިއާ ސިފައިން އައްޑޫގެ އެކި ގޭގޭގައި ދިރިއުޅެމުންދާކަމީވެސް އައްޑޫ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. އައްޑޫ ރައްޔިތުންގެ މާޔޫސްކަމަށް ނިމުން ގެނައުމަށް މިފެށޭ މަސައްކަތަކީ ކާމިޔާބު މަސައްކަތަކަށް ހަދާނެކަމަށް ޕްރޮގްރެސިވްކޯލިޝަނުންގެ އިސްބޭފުޅުން ވަނީ ވިދާޅުވެފައެވެ.