ވަޅިން ހަމަލާދީ ބުރަކަށްޓަށް ދިން ހަމަލާއާއި، ގުޅިގެން މިހާތަނަށް އެކަމަށް ފަންޑުކުރި މީހުން ހޯދިފައި ނުވާއިރުވެސް އެއްވެސް ރައްކާތެރި ކަމެއް ނުލިބޭކަމަށް ބުނެ އަލްހާން ފަހުމީ ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
އަލްހާންއަށް ހަމަލާދީފައިވަނީ 2014 ވަނަ އަހަރުއެވެ. ތޫނުއެއްޗަކުން ދިން ހަމަލާއަށް އިތުރު ފަރުވާ ހޯއްދެވުމަށް އަލްހާން ވަނީ އެރޭ ދަންވަރު ލަންކާއަށް ގެންގޮސްފައެވެ. އަލްހާނަށް ދިން ހަމަލާއާއި ގުޅިގެން އޭނާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. މިހާރުވެސް އެކަމުން މުޅިން އަރައި ނުގަނެވިފައިވާކަން އަލްހާން ދަނީ އެކި ހާލަތްތަކުގައި ހާމަކުރަމުންނެވެ.
ނުރައްކާތެރި އެހަމަލާއާއި ގުޅިގެން އަލްހާގެ ހަދާންތައް އާކޮށް މިއަދު ކުރި ޓްވީޓުގައި ބުނެފައިވަނީ ބައެއް ބޭފުޅުންނަށް ދެވޭ ގަމަލާތަކުގައި ފަންޑު ކުރި މީހާ ހޯދައި، ރައްކާތެރިކަމާއި ހިމާޔަތް ދޭއިރު އެހެން މީހުންނާއިމެދު އެހެން ގޮތަކަށް އަމަލުކުރާމީ ނުހަނު ކަންބޮޑުވާކަމެއްކަމަށެވެ. އަދި އޭނާއަށް ދިން ހަމަލާގެވެސް އަޑި ހޯދައި، ރައްކާތެރިކަން ދޭންޖެހޭކަމަށް އަލްހާން ވަނީ ވިދާޅުވިއެވެ.
2 ފެބްރުއަރީ 2014 ގައި އަޅުގަނޑު މަޖްލިސް މެމްބަރަކަށް ހުއްޓާ މަގުމަތިން ބުރަކައްޓަށް ވަޅިއެއް ޖަހާ މަރާލަން ދިން ހަމަލާގެ އަޑީގައި ތިބި ބަޔަކާ ފަންޑުކުރި ބަޔަކު ނުހޯދާ! އަޅުގަނޑަށް ދައުލަތުން ސަލާމަތާ ރައްކާތެރިކަން ނުދެނީ ކީއްވެގެންތޯ؟
– އަލްހާން ވިދާޅުވިއެވެ.
2 ފެބްރުއަރީ 2012 ގައި އަޅުގަނޑު މަޖްލިސް މެމްބަރަކަށް ހުއްޓާ މަގުމަތިން ބުރަކައްޓަށް ވަޅިއެއް ޖަހާ މަރާލަން ދިން ހަމަލާގެ އަޑީގައި ތިބި ބަޔަކާ ފަން ޑުކުރި ބަޔަކު ނުހޯދާ!
އަޅުގަނޑަށް ދައުލަތުން ސަލާމަތާ ރައްކާތެރިކަން ނުދެނީ ކީއްވެގެންތޯ؟ @MohamedNasheed @ibusolih
— ????? ????? – ?? (@AlhanFahmy) August 20, 2021
އަލްހާން ދިން ހަމައާއާއި ގުޅިގެން އެރޭ ރައީސް ނަޝީދުވަނީ އެކަން ކުށްވެރިކޮށް ޓްވީޓެއްވެސް ކުރައްވާފައެވެ. ރައީސް ނަޝީދު 2014 ވަނަ އަހަރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ކެފޭއެއްގައި އަލްހާން ފަހުމީ ހުންނަވަނިކޮށް އެތަނަށް ބަޔަކު ވަދެ އަލްހާނަށް ހަމަލާ ދީފައިވަނީ ކުރިން ރޭވިގެން އަދި ގަސްދުގައި އަލްހާނަށް އަނިޔާކުރުމަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އަލްހާން މިފަދަ ޓްވީޓެއް ކުރައްވާފައިވަނީ، ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު ހަމަލާއަށް ފަންޑު ކުރި މީހުން ހޯދުމަށާއި، ރައީސް ނަޝީދަށް ދައުލަތުން ބޮޑެތި ރައްކާތެރިކަން ދިނުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެންނެވެ. ރައީސް ނަޝީދު ވަނީ ރާއްޖެ ވަޑައިގަންނަވާނީވެސް ހަމަލާގެ އަޑި ހޯދުމުން ކަމަށް ވިދާޅުވެފައެވެ.