ޚާއްސައެހީއަށް ބޭނުންވާ ކުދިންގެ އިނާޔަތް ބޮޑުކުރުމަށް، މަޖިލިސް ރައީސްއާއި މަޝްވަރާކޮށްފި

ޚާއްސައެހީއަށް ބޭނުންވާ ކުދިންގެ އިނާޔަތް ބޮޑުކުރުމަށް، މަޖިލިސް ރައީސްއާއި މަޝްވަރާކޮށްފި

Author
މުޙައްމަދު ޝަޒައިމް
27 އޮކްޓޯބަރ 2020 02:04
0

ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް މިހާރު ދެމުންދާ އިނާޔަތް ބޮޑުކުރުމަށް، މަޖިލިސް ރައީސްއާއި އެކުދިންގެ އައިލާތަކުން ބައްދަލުކޮށްފިއެވެ.

މަޖިލިސް އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން އުންމީދީ ވާހަތަކެއް އަޑުއިވިގެން ގޮސްފައިވާކަމަށް ބައްދަލުވި ބޭފުޅުން ވަނީ ވިދާޅުވެފައެވެ. އަދި ބައްދަލުވުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ދެއްވާ 2000 ރުފިޔާގެ މާލީ އިނާޔަތް ބޮޑު ކުރެވޭނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް ބޮޑުކުރުމަށް ދަނގެތީ ދާއިރާގެ މެންބަރު ނާޒިމް ވަނީ ޤާނޫނަށް އިސްލާހުވެސް ހުށަހެޅުއްވާފައެވެ. ނާޒިމް ހުށަހެޅުއްވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލައި އެ ދަފްތަރު ބަލަހައްޓާ އެ މީހުން ގިންތި ކުރުމަށެވެ. އަދި ދަފްތަރުން އެ މީހަކު އުނިކުރާ ތާރީހާ ހަމައަށް ކޮންމެ މަހަކު 5000 ރުފިޔާއާއި 7000 ރުފިޔާއާއި ދެމެދުގެ އިނާޔަތެއް ސަރުކާރުން ދޭންވާނެ ކަމަށްވެސް މި އިސްލ؛ާހުގައިވެއެވެ. އަދި އެމީހެއްގެ ހުންނަ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތި ކުރެވިފައިވާ މީހުންނަށް މަދުވެގެން 9000 ރުފިޔާގެ އިނާޔަތެއް ދޭންވާނެ ކަމަށްވެސް މި އިސްލާހުގައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ގާނޫނުގައިވާ ގޮތުން ދެނީ 2000 ރުފިޔާގެ އިނާޔަތެކެވެ. ރައްޔިތުން މަޖިލީހުގެ ޤަވައިދު ބުނާ ގޮތުން ޓެކުހެއް ނެގުމަށް ނުވަތަ ޓެކުހެއް އުނިކުރުމަށް ހުށަހަޅާ ބިލްތަކާއި ދައުލަތުން ވަކިކަމަށް ހަރަދުކުރުމަށް ނުވަތް އުނިކުރުމަށް ހުށައަޅާ ބިލްތައް ހުށައަޅަންޖެހެނީ ސަރުކާރުން ކަމަށެވެ. ނާޒިމްއަކީ އަމިއްލަ ގޮތުން އިންތިޚާބް ވެފައިވާ މެމްބަރަކަށް ވުމުން މިބިލް މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.