ތާލިބާން ހަގުރާމަވެރިން އަފްއާނިސްތާނުގެ މަގުތަކުގައި ސަލާމަތީ ކަންކަން ބަލަހައްޓަނީ

އަފްއާނިސްތާނުގައި މަސައްކަތްކުރާ ދެ އެމްބަސީއަކަށް މިހާރު ހުރީ، ރަޝިއާ އަދި ޗައިނާ އެމްބަސީ އެކަނި

އަފްއާނިސްތާނުގައި މަސައްކަތްކުރާ ދެ އެމްބަސީއަކަށް މިހާރު ހުރީ، ރަޝިއާ އަދި ޗައިނާ އެމްބަސީ އެކަނި

އަފްއާނިސްތާނުގައި، މަސައްކަތް ކުރަމުންދާ ދެ އެމްބަސީއަކަށް މިހާރުހުރީ ހަމައެކަނި ޗައިނާ އަދި ރަޝިއާގެ އެމްބަސީ ކަމަށާއި އަދި ތާލިބާން ހަގުރާމަވެރިން އެ ދެއެމްބަސީއަށް ފުރިހަމަޔަށް ރައްކާތެރިކަން ފޯރުކޮށް ދެމުންދާ ކަމުގައި މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ރަޝިއާގެ ރައީސް ވަލްޑިމިރު ޕުޓިންގެ ފަރާތުން އަފްއާނިސްތާނަށް ކަޑައަޅާފައި ހުންވާ ޚާއްސަ މަންދޫބު ވިދާޅުވެފައިވާ ގޮތުގައި، ކާބުލްގައި ހުރި އެގައުމުގެ އެންބަސީ މެދުވެރިކޮށް، ރަޝިއާއިން ދަނީ، ތާލިބާނުންނަވާ ވާހަކަ ދައްކަމުން ކަމުގައެވެ.

"އެމީހުން ދަނީ ތާލިބާނުންނާ ވާހަކަ ދައްކަމުން، ފުރިހަމަޔަށް ވަނީ ގުޅުންތައް ގާއިމް ކުރެވިފަ. އެމްބަސީއިން ދަނީ ފުރިހަމަޔަށް ގުޅުން ދަމަހައްޓަމުން،" ރޮއިޓާސްއަށް ދިން ޓެލެފޯން އިންޓަވިވްއެއްގައި ޒަމީރު ކަބުލޯވް ވިދާޅުވެފައި ވެއެވެ.

ރަޝިއާ އެމްބަސީއާއި ތާލިބާނުންނާ ގުޅުން ދަމަހައްޓަން ފަށާފައިވަނީ، ތާލިބާނުންގެ ބާރުގެދަށަށް ކާބުލް ދިއުމަށްފަހު، އެ ޖަމާއަތުގެ ހަގުރާމަވެރިން ރަޝިއާ އެމްބަސީގެ ސަލާމަތީ ކަންކަން ހަމަޖައްސާދޭން ފެށިފަހުންނެވެ.

"އެކަން ކުރިޔަށް ދިޔައީ އެއްވެސް މައްސަލައެއް ކުރިމަތި ވުމަކާ ނުލާ، އެމީހުން އައިސް، އެމްބަސީ އެމީހުންގެ ބާރުގެދަށަށް ގެނެސް، އަދި ދަނީ ވަރަށް ފުރިހަމަޔަށް ސަލާމަތީ ކަންކަން ބަލަހައްޓަމުން،" އޭނާ ވިދާޅުވިއެވެ.

ޗައިނާއިން ބުނެފައިވަނީ، އެގައުމުން ބޭނުންވަނި ތާލިބާންއާއެކީ "އެކުވެރި ގާތް ގުޅުމެއް" ގާއިމް ކުރަން ކަމުގައެވެ. ޗައިނާގެ ފޮރިންގ މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވެފައިވަނީ، އެގައުމުން އުއްމީދު ކުރަނީ ތާލިބާނުން އަފްއާނިސްތާނުގެ ހުރިހާ ޕާޓީތަކާއި އަދި ދަރިކޮޅެއްގެ މީހުންވެސް އެއްގަލަކަށް އަރުވައިގެން އެއްބައިވަން ކުރުވުމަށް މަސައްކަތް ކުރާނެކަމަށް ކަމަށެވެ.

ޗައިނާ އެމްބަސީން ބުނެފައިވަނީ، އަފްއާނިސްތާނުގައި ހުރި އެގައުމުގެ އެމްބަސީ އާންމު އުސޫލުން މަސައްކަތް ކުރާކަމަށާއި އަދި އެމްބެސެޑަރުވެސް ހުރީ ސަލާމަތްތެރި ކަމާއެކު ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *