ރަށުން ބޭރުގައި ކުޅޭމެޗުތަކުގައި ސަމާލުވާންޖެހޭ: ފިލްކް

ރަށުން ބޭރުގައި ކުޅޭމެޗުތަކުގައި ސަމާލުވާންޖެހޭ: ފިލްކް

Author
އިބްރާހީމް ސާޢިދު
27 އޮކްޓޯބަރ 2020 01:06
0

ޗެމްޕިއަންސް ލީގް ފުޓްބޯޅަ މުބާރާތުގައި ރަޝިޔާގެ ލޮކޮމޯޓިވް މޮސްކޯއާ ދެކޮޅަށް ނުކުންނައިރު މިމުބާރާތުގައި ރަށުން ބޭރުގައި ކުޅޭ މެޗުތަކުގައި ވަރަށް ރަނގަޅަށް ސަމާލުކަން ދޭންޖެހޭކަމަށް ޖަރުމަނުގެ ބަޔާންމިއުނިކްގެ ކޯޗު ހެންސީ ފްލިކް ބުނެފިއެވެ.

މެޗުގެ ކުރިން ވާހަދައްކަމުން ފްލިކް ބުނީ މިމެޗަށް ޓީމުގެ ހުރިހާ ކުޅެންތެރިން ތިބީ ފިޓްކޮށްކަމަށް. އޭނާ ބުނީ ރަށުން ބޭރުގައި ހޯދޭ މޮޅަކީ މުހިންމު މޮޅެއްކަމަށާއި އެކަމައްޓަކައި ކޮންމެ ކުޅުންތެރިޔަކުވެސް އެންމެ މޮޅުކުޅުން ދައްކަންޖެހޭ ކަމަށެވެ. އެހެންކަމުން އެއީ ކުޅުންތެރިންނަށް ދެވޭ ބޮޑު ޕްރެޝަރެއްކަމަށް ފިލިކް ބުނެފައިވެއެވެ. ހުސްވި ސީޒަންގައި ބަޔާން އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮއްދިން ކޯޗު ބުނެފައިވެެއެވެ. މިހާރު ތިބި ކުޅުންތެރިންނާއެކު އަނިޔާގެ މައްސަލެއް ދިމާވިޔަސް ޓީމަށް މެނޭޖް ކުރެވޭނެކަމަށެވެ.

އަހަރަމެންގެ ހުރިހާ ކުޅުންތެރިން ފިޓް، އެހެންނަމެވެސް ރަށުން ބޭރުގައި ކުޅޭ މެޗެއްވީމަ ސަމާލުވާން ޖެހޭ، މެޗަށް ނުކުންނައިރު ޓީމުގެ ފެންވަރު އެނގުންމުހިންމު.

– ފްލިކް

މެޗަށް ނުކުންނައިރު އެންމެ މުހިންމު ކަމަކީ އެޓީމުގެ ފެންވަރު އެގިގެން ނުކުތުންކަމަށް ބަޔާންމިއުނިކްގެ ކޯޗުބުނިއެވެ. ފްލިކް ބުނީ އެޓީމުން ކުޅޭނީ ޑިފެންސިވް ގޭމެއް ކަން އެގޭކަމަށާއި ބަޔާންމިއުނިކުން އެކަމަށް ތައްޔާރުވާނެކަމަށެވެ. މެޗުގައި ބޯޅަހިފަހައްޓައިގެން ބަޔާނުން ކުޅެންޖެހޭ ކަމަށާއި ބޭކާރު ބޯޅަތަކަށް މަސައްކަތްކުރުން ހުއްޓާލަންޖެހޭކަމަށް ފްލިކް ބުނިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.