މީހުން ދިރުއުޅޭ ރަށްރަށުގައި ފަތުރުވެރިން ތިބޭ ތަންތަން ބަލާ ޗެކްކުރުމަށް އިންސްޕެކްޝަނެއް ފަށައިފިއެވެ.
މިއަދުން ފެށިގެން މާލެ އާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އިންސްޕެކްޝަނަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގުޅިގެން ކުރިއަށް ގެންދާ އިންސްޕެކްޝަނެކެވެ.

މި އިންސްޕެކްޝަންގައި ކޮވިޑްގެ ހާލަތާ ގުޅިގެން ރާާއްޖެ އަންނަ ފަތުރުވެރިން މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ޗުއްޓީ ހޭދަކުރުމާއި ގުޅޭގޮތުން އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުރަމުންދޭތޯ އާއި އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ، އުސޫލާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެއެވެ.
ކޮމެންޓު ފޮނުވާ