ވަޢުދާއި އެއްގޮތަށް ގަން، ގައްދޫ ކައުންސިލާއި، ހަވާލުކޮށްދިނުމަށް އާދޭހާއިއެކު ދަންނަވަން: އަހުމަދު

ވަޢުދާއި އެއްގޮތަށް ގަން، ގައްދޫ ކައުންސިލާއި، ހަވާލުކޮށްދިނުމަށް އާދޭހާއިއެކު ދަންނަވަން: އަހުމަދު

Author
މުޙައްމަދު ޝަޒައިމް
18 އޮގަސްޓް 2021 02:06
0

ގދ. ގައްދޫ އާއި ޖެހިގެން އޮންނަ ފަޅުރަށް، ގަން ގައްދޫ ރައްޔިތުންނަށް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެވަޑައިގެންނެވި ވައުދު ވީހާވެސް އަވަހަށް ފުއްދެވުމަށް އާދޭހާއިއެކު އެދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ޒާއިރު ރައީސުލްޖުމްހޫރިއްޔާގެ ކިބައިން އެދިވަޑައިގެންފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި، ޤާނޫނަށް ގެނައި އިސްލާހުތަކާއެކު ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމަށް ދައުލަތުގެ މާލިއްޔަތު ޤާނޫނަށް ހުށަހެޅި އިސްލާހުތަކަށް ވަހަކަ ދައްކަވަމުން އަހުމަދު ޒާހިރު ވިދާޅުވީ ޤާނޫނަށް ލާމަރުކަޒީ ޤާނޫނު ތަސްދީގް ކުރައްވައި އެތައް ދުވަހެއް ވެގެންދައިރުވެސް ގައްދޫގެ އިޙްތިސާސްގައި ހިމެނޭ ބައެއް ތަންތަން ގައްދޫއަށް ނުލިބޭކަމަށެވެ.

ގައްދޫ ރައްޔިތުންނަށް އޮތް އެންމެ ބޮޑު އެސެޓަކީ ގދ.ގަން ކަމުގައި ފާހަގަކުރައްވައި އަހުމަދު ވިދާޅުވީ ގަމަކީ ގައްދޫ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ރަށަކަށް ވެފައި، މާލީ އެތައް ފައިދާތަކެއް ވާނެ ރަށަކަށްވާއިރު، ސަރުކާރުން އެރަށް ނުދީ ހިފަހައްޓާކަމީ ގައްދޫ ރައްޔިތުންގެ ނުހަނު ބޮޑު ކަންބޮޑުވުމެއްކަމަށެވެ. މިވާހަކަ ދައްކާތާ އެތަައް އަހަރުތަކެއްވެ، އެތައް ސަރުކަރެއްގައި ބަދަލުވީނަމަވެސް މިކަން ވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިސަރުކާރުންވެސް ހުދު ރައީސް ޞާލިހު ގައްދޫ ރައްޔިތުންގެ ކުރިމަތީގައި މިކަން ކޮށްދެއްވާނެކަމަށް ވަޢުދު ވެފައިވާކަމާއި، ވީހާވެސް އަވަހަށް ވައުދު ފުއްދެވުމަށް އަހުމަދު ވަނީ ސަރުކާރުގައި އާދޭސް ދަންނަވާފައެވެ.

އަދިވެސް ދެރަކަމަކީ ރައީސުލްޖުމްހޫރިއްޔާ އޮފީހުން އިހުތިސާސް ކަނޑައަޅައި، ގައްދޫ ކައުންސިލަށް އެ އިހުތިސާސް ހަވާލުނުކޮށް އޮތްކަން މިއީ ވަރަށް ދެރަވަރުކަމެއް. އަޅުގަނޑު އާދޭހާއި އެކު ދަންނަވަން އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަރިހުން ރައީސުލްޖުމްހޫރިއްޔާ ގައްދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދު ވީހާވެސް އަވަހަކަށް ފުއްދަވައި ދެއްވުމަށް.

– އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ޒާހިރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ގައްދޫ ގަން ގައްދޫ ރައްޔިތުންނަށް ދޭން ވައުދުވެގެން ހުންނެވި ނަމަވެސް ކެބިނެޓް ބޭނުންވަނީ އެހެން ގޮތަކަށް މިކަމުގައި ކަން ކުރުމަށް ކަމަށެވެ. އެގޮތުން ގަން ބޭނުން ވެގެން ވަކި ބަޔަކު ބޭނުންވެގެން، ތަފާތު ވާހަކަ ދައްކާ ކަމަށެވެ. ނަމަވެސް މިއަދު އެބޭފުޅުން ވާހަކަ ދައްކަނީ އަމިއްލަ ބޭނުމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޤައުމުގައި އެތައް އެތައް އެތައް ކަންތައްތަކެއް ކުރެވެން އެބައޮތް، ޓޫރިޒަމް ޑިވެލޮޕް ކުރެވެން އެބައޮތް. ސިނާއީ މަސައްކަތް ކުރެވެން އެބައޮތް. ގޯތި ގެދޮރު ދެވެން އެބައޮތް. ދަނޑުވެރިކަން ކުރެވެން އެބައޮތް. މިހުރިހާ ކަމެއް ކުރެވެން އޮތީ ގަމުން. އެހެންވީމާ އާދޭހާއެކު އަޅުގަނޑު ރައީސްގެ ކިބައިން އެދެން ގައްދޫ ރައްޔިތުންނަށް އަވަހަށް ގަން ހަވާލު ކޮށްދެއްވާށޭ.

– އަހުމަދު ވިދާޅުވިއެވެ.

ގދ.ގަމަކީ ބިންބޮޑު ޖާގަ ތަނަވަސް ރަށެކެވެ. އަދި މިރަށަކީ ޒަމާނުއްސުރެއް ގައްދޫ ރައްޔިތުން ކާންބޯން ދަނޑުވެރިކަން ކުރުމަށާއި، އެނޫންވެސް އެކި މަސައްކަތް ކުރުމަށް ބޭނުންކުރާ ރަށެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.