ވޯޓު ދިނީ އެމްޑީޕީގެ ނިޝާންޖެހި ތިލަފަށް، ކޯލިޝަންކިޔާ ގޭންގަކަށްނޫން: ޒަރިޔަންދު

ވޯޓު ދިނީ އެމްޑީޕީގެ ނިޝާންޖެހި ތިލަފަށް، ކޯލިޝަންކިޔާ ގޭންގަކަށްނޫން: ޒަރިޔަންދު

Author
މުޙައްމަދު ޝަޒައިމް
17 އޮގަސްޓް 2021 09:36
0

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި، ވޯޓުދިނީ އިބްރާހިމް މުހައްމަދު ޞާލިހުގެ ނަމުގެ ތިރީގައި އޮތް ތިލަފަތަށް ކަމަށާއި، ކޯލިޝަން ކިޔާ ގޭންންކަމަށް ވޯޓު ނުދޭކަމަށް ނެޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ޒަރިޔަންދު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ސަރުކާރު ހިންގަމުންދާ އެމްޑީޕީ ކޯލިޝަނަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެ، ވައުދު ފުއްދުމުގައި ލަސްތަކެއް ކުިރމަތިވާތީކަމަށް ބެލެވެއެވެ. ޚާއްސަކޮށް، ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާއި، ގެއްލިފައިވާ މީހުންނާއި، މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމުގައި ލަސްތަކެއް ވުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އޮތް މައްސަލައެކެވެ.

ކޯލިޝަން ކިޔަމުންދާ ފާޑުކިޔުންތަކުގައި އެމްޑީޕީގެ އިސް ބޭފުޅުން ގެންދަވަނީ މިހާރު އޮތް ކޯލިޝަނާއިއެކު ވެރިކަން ކުރުމަކީ ފަސޭހަ ކަމެއް ނޫންކަމަށް ވިދާޅުވަމުންނެވެ. ޚާއްސަކޮށް އެމްޑީޕީގެ ސިޔާސަތު ތަންފީޒު ކުރުމުގައި މިހާރު އޮތް ކޯލިޝަންގެ ތެރެއިން ކުރިއަށް ދިއުމަކީ ފަސޭހަ ކަމެއް ނޫންކަމަށް ދަނީ ވިދާޅުވަމުންނެވެ.

ޒަރިޔަންދު ވިދާޅުވެފައިވަނީ އޭނާ ރިޔާސީ އިންތިޚާބުގައި ވޯޓު ދެއްވީ އިބްރާހިމް މުހައްމަދު ޞާލިހު ކިޔާ ބޭފުޅަކަށް ކަމުގައެވެ. އެއްވެސް ހާލެއްގައި ވޯޓުދިނީ، ބޮޑު ކޯލިޝަނަކަށް ނޫންކަމަށެވެ. ވޯޓު ދީފައިވަނީ ރައީސް ޞާލިހުގެ ނަމުގެ ތިރީ އޮތް ތިލަފަތަށް ކަމުގައިވެސް ޒަރިޔަންދު ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ ރިޔާސީވޯޓްލީ އިބްރާހިމް މުޙައްމަދު ސޯލިޙު ކިޔާ ބޭފުޅަކަށް، އޭނާގެ ނަމުގެ ތިރީގައި ނިޝާނެއްގެ ގޮތުން އޮތީ ތިލަފަތެއް! އަހަރެންގެ ވޯޓުލުމުގައާއި ރާއްޖޭގެ ޤާނޫނުއަސާސީގެ އެއްވެސް ހަމައަކުން ކޯލިޝަންކިޔާ ބޮޑު ގޭންގަކަށް ވެރިކަންދިނުމަށް ވޯޓްދޭގޮތާއި ހަމައެއް ނެތް!

– ޒަރިޔަންދު ވިދާޅުވިއެވެ.

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞޯލިޙު ނިމިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، އަދި ކުރީގެ  ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ވާދަކުރައްވައެވެ. ރައީސް އިބްރާޙީމް މުޙައްމަދު ޞޯލިޙަށް ލިބިވަޑައިގެންފައި ވަނީ 134616 (އެއްލައްކަ ތިރީސް ހަތަރުހާސް ހަސަތޭކަ ސޯޅަ) ވޯޓެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޢަބްދުﷲ ޔާމީނަށް ލިބިވަޑައިގެންފައި ވަނީ 96132 (ނުވަދިހަ ހަހާސް އެއްސަތޭކަ ތިރީސް ދޭއް) ވޯޓެވެ.

ރައީސް ޞާލިހު ކޯލިޝަން ކާމިޔާބު ކުރެއްވީ އަދާލަތު ޕާޓީއާއި، ޖުމްހޫރީ ޕާޓީއާއި، އެމްއާރުއެމްގެ ބޮޑު އެހީތެރިކަމަކާއި އެކުގައެވެ. ރައީސް ސޯލިހުއާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދުއާއި ދެބޭފުޅުންގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް އިންތިހާއަށް ބޮޑުވެ، ޕާޓީ ދެބަޔަށް ބެހިފައިވާއިރު، އެންމެ ފަހުން މަޖިލިސް ރައީސް ނަޝީދު މިވަނީ، ރައީސް ސޯލިހުއާއެކީ ދެން އިތުރަށް ސިޔާސީ މަސައްކަތެއް ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ނަޝީދު އެންމެ ފަހުން ކޯލިޝަން ސަރުކާރާ ފެއަށް! ދެންވާނީ ކިހިނެއް؟

އެމްޑީޕީގެ އިސްބައެއް ބޭފުޅުންވެސް ތިއްބަވާ ވަޓްސްއަޕް ގުރޫޕެއްގައި ރައީސް ނަޝީދު ވިދާޅުވީ، ޚުދު ރައީސުލްޖުމްހޫރިއްޔާވެސް ހުންނެވީ ތާށިވެފައި ކަމަށާއި، އިސްލާމީ ހަރުކަށި ފިކުރު އެމްޑީޕީތެރޭގައިވެސް އެބައޮތް ކަމަށެވެ. އަދި ނަޝީދު ވިދާޅުވެފައިވަނީ، ދުވަހަކު ވެރިކަން ނުލިބުނަސް، މިވެރިންނާއެކު ދެން އިތުރަށް އުޅެން ބޭނުން ނުވާކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.