ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަތުން މަޝްހޫރު ވިޔަފާރުވެރިޔާ، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުޤާސިމް އިބްރާހިމް 10،000،000 މިލިޔަނަށްވުރެ ގިނަ ރުފިޔާ ފަހުން ދޭ ގޮތަށް ނެގިކަމަށް ބުނާ މައްސަލާގައި ޤާސިމް ރައްދު ދެއްވައިފިއެވެ.
ޖާބިރުވަނީ 2013 ވަނަ އަހަރުން ފެށިގެން ސިޔާސީ އެކި ކަންކަމުގައި ޤާސިމަށް ފައިސާ ދީފައިވާކަމަށް ތުހުމަތުކޮށް އިންސާފުވެރިކަމާއިއެކު މައްސަލަ ބެލުމަށް ސީޕީ ހަމީދަށް މިއަދު ސިޓީއެއް ފޮނުވާފައެވެ.
ޖާބިރުގެ ވާހަކަތަކާއި ގުޅިގެން ޤާސިމް ވިދާޅުވީ، ޖާބިރު ވިދާޅުވާ ފައިސާގެ ވަހަތަކަކީ ދެނަވެސް ހުރިކަމެއް ނޫންކަމަށެވެ. އަދި އެފަދަ ފައިސާގެ އެއްވެސް މުޢާމަލާތެއް ޖާބިރާއިއެކު ހިންގާފައި ނުވާނެކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ. އަދި އެއީ އެއްވެސް ހަގީގަތެއް ނެތް ރޯމަރު ދޮގު ވާހަތަކެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.
އަޅުގަނޑާއި ބެހޭ ގޮތޮން ޖާބިރު އެލިޔެފައިވާ ފައިސާގެ ވާހަކައަކީ، ޤާސިމް ދެނަހުރި ކަމެއްނޫން. އެކަހަލަ ފައިސާގެ މުޢާމަލާތެއް ޤާސިމް ޖާބިރުއާއިއެކު އެގޮތަށް ހިންގާފައި ނުވާނެ. އެއީ، ރޯމަރު ދޮގު ވާހަކަ. ޤާސިމްއާއި ބެހޭ ގޮތުން ލިޔެފައިއެވަނީ.
– ޤާސިމް ވިދާޅުވެފައިވެއެވެ.
ކަމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެޑްރެސްކޮށް ޖާބިރު ފޮނުވި ސިޓީގައި ބުނެފައިވަނީ 2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމުގެ މަސައްކަތަށް ކުރަމުންދިޔައިރު ސިޔާސީ ކަންކަމަށް ޚަރަދު ކުރުމަށްޓަކައި ރައީސް ޞާލިޙް އާ ޙަވާލު ކޮށްފައިވާ -/13,000,000 (ތޭރަމިލިޔަން) ރުފިޔާގެ ތެރެއިން، ސިޔާސީ މަސައްކަތަށް -/5,000,000ރ (ފަސްމިލިޔަން) ރުފިޔާ ބޭނުންވާ ކަމަށް މ. މާފަންނުވިލާ ޤާސިމް އިބްރާހީމް ވިދާޅުވި ކަމަށެވެ. އެފައިސާ ޤާސިމް އިބްރާހީމްއާ ޙަވާލު ކުރުމުގެ އިޛުނަ އަކަށް ރައީސް ޞާލިޙް އެދުމުން، ސިޔާސީ ގޮތުން ޤާސިމް އިބްރާހީމް އަށް ލިބޭ ފައިދާ ދެފަރާތަށްވެސް އޮންނަ ގޮތުގެމައްޗަށް ޝަރުތުކޮށް -/5,000,000 ރ (ފަސްމިލިޔަން ރުފިޔާ) ޤާސިމް އިބްރާހީމް އާ ޙަވާލު ކުރުމާއިމެދު ޢިއްތިރާޝް ނެތް ކަމަށް ބުނުމާއި ގުޅިގެން، އެ ޢަދަދުގެ ފައިސާ ރައީސް ޞާލިޙް ވަނީ ޤާސިމް އިބްރާހީމްއާއި ޙަވާލު ކޮށްފައިކަމަށެވެ.
މީގެ އިތުރުން 2013 ވަނައަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދުވަސް ވަރުގައި ތ. ތިމަރަފުށީގައި ހުރެ -/5,000,000ރ (ފަސްމިލިޔަން ރުފިޔާ ޖާބިރުގެ އަތުން އަތުލައި، އެފައިސާ އަނބުރާ ނުދީ ވާތީއާއި، މީގެ އިތުރުން ޖުމްހޫރީ ޕާޓީއަށްވެސް އޭނާގެގެ އަތުން ހޭދަތައް ކުރުވައި، އެޕާޓީން ބޭރުކޮށްފައިވާކަމަށް ޖާބިރު ވިދާޅުވިއެވެ.
މިސިޓީ ގައި ފުރަތަމަ ބަޔާން ކުރެވުނު -/5,000,000ރ (ފަސްމިލިޔަން) ރުފިޔާ ނެގިކަން ޅ. ހިންނަވަރު ނޫރާނީގެ އިބްރާހީމް މުޙައްމަދު ޞާލިއަށް އެނގިވަޑައިގަންނަވާނެ ކަަމަށާއި، އަދި އަނެއް 300,000 USs (ތިންލައްކަ) އެމެރިކާ ޑޮލަރުގެ މައްސަލައާއި، 2013 ވަނަ އަހަރު -/ 5,000,000ރ (ފަސްމިލިޔަން ރުފިޔާ ނެގިކަމަށް ހެކިވާނެ ފަރާތަކީ މ. ހިކިގުލްއަލާގެ އަޙްމަދު މުޙައްމަދު ކަމަށް ޖާބިރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ