ރައީސް ތިން ދުވަހުގެ ދަތުރުފުޅެއްގައި ތ.އަތޮޅަށް

ރައީސް ތިން ދުވަހުގެ ދަތުރުފުޅެއްގައި ތ.އަތޮޅަށް

Author
މުޙައްމަދު ޝަޒައިމް
17 އޮގަސްޓް 2021 12:44
0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތ. އަތޮޅުގެ ބައެއް ރަށްތަަކަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވައިފިއެވެ.

މިދަތރަކީ ތ.އަތޮޅުގެ ހަތް ރަށަކަށް މިމަހުގެ 17 އިން 19 އަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ބުނެއެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވަނީ ތިމަރަފުށި، ވޭމަންޑޫ، ކިނބިދޫ، އޮމަދޫ، ވަންދޫ، ކަނޑޫދޫ އަދި ގާދިއްފުއްޓަށެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލުގެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވާނެއެވެ. އަދި ރަށްރަށުގައި ތަރައްޤީއަށް ހިންގާ ބައެއް މަޝްރޫޢުތައް ބައްލަވާލެވުމުގެ އިތުރުން ބައެއް މަޝްރޫޢުތައް އިފްތިތާޙުކޮށްދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ ސަރުކާރުގެ ބައެއް މުއައްސަސާތަކަށާއި ސްކޫލްތަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސްގެ ދަތުރުފުޅު މިރޭ ފައްޓަވާނީ ތިމަރަފުށިންނެވެ. އަދި މާދަމާ ވޭމަންޑޫއަށް ވަޑައިގަންނަވަނާއެވެ. ރައީސް ސޯލިހު މިދިޔަ މަހު ބޮޑު ތިލަދުން މައްޗަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. ކޯވިޑް-19ގެ ހާލަތު ރަނގަޅު ވަމުން އަންނަ އިރު ސަރުކާރުން އަތޮޅު ތެރެއަށް ކުރާ ދަތުރުރައް ދަނީ އިތުރު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.