ވެރިކަން ކުރަމުންދާ އެމްޑީޕީއަށް ދިވެހި ރައްޔިތުން އެދޭ ދިވެހި ރާޢްޖެ ހޯދައި ނުދެވުނު ކަމަށާއި، ހައްލަކީ އަދިވެސް ޕީޕީއެމް ކަމުގައި ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި، އިޖުތިމާއީ ފޭރާން ބަލިކަށި ވަމުންދާތީ ކަންބޮޑުވުން ފާޅު ކުރައްވައި މަލީހު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ވެރިކަމުގެ ފާއިތުވެދިޔަ ދުވަސްތަކުގައި ދިވެހި ރައްޔިތުންނަށް، ދަސްވީ ދަރަންޏަށް ފައިސާ ހޯދާނެގޮތްކަމަށެވެ. ބަކީ އޮތް ދުވަސްތަކަކީ އިޤްތިޞާދީ ހައްލު ހޯދުމަށް، ދިރާސާ ކުރާ އަހަރުތަކަށް ވެދާނެކަމަށާއި، މިކަން ވެގެންދަނީ ވެރިކަން ކުރުމުގެ އެއްވެސް ތަޖުރިބާއެއް ނެތުމުންކަމަށް މަލީހު ވިދާޅުވިއެވެ.
ރައްޖޭގެ މިހާރުގެ ހާލަތު އޮތްގޮތުން ފެނިގެންދަނީ ދިވެހި ރައްޔިތުންނަށް ދިވެހިން އެދޭފަދަ ވެރިކަމެއް ކޮށްދޭން ވެރިކަމަށް އައިމީހުންގެ ކިބައިގައި އެއްވެސް ގާބިލްކަމެއް ނެތް މަންޒަރުކަމަށެވެ. މިކަމަށް އޮތް ހައްލަކީ އެމްޑީޕީ ބަލިކޮށް، އަލުން އަނބުރައި ޕީޕީއެމް ވެރިކަމަށް ގެނައުންކަމަށް މަލީހު ވިދާޅުވިއެވެ.
3 އަހަރު ތެރޭ ދަސްވީ ދަރަންޏަށް ފައިސާ ހޯދާނެ ގޮތް. އަނެތް 3 އަހަރު އާންދަނީ ހޯދާނެގޮތް ދިރާސާކުރުމުގައި. ފަހަރަކު އިގްތިސާދީ ހަރަކާތެއް ހުއްޓި ރައްޔިތުން އަގަޔާ އަތާއި ދިމާނުވާ ހާލަތަށް. އެމްޑީޕީއަކަށް ދިވެހިން އެދޭ ދިވެހިރާއްޖެ ހޯދާ ނުދެވުނު. އެމްޑީޕީ ބަލިކުރުން ލާޒިމް. ހައްލަކީ ޕިޕީއެމްގެ ވެރިކަމެއް.
– މަލީހު ވިދާޅުވިއެވެ.
މިދިޔަ 2020 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ޖުމްލަ ދަރަނި 86.5 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ރާއްޖޭގެ ދަރަނި މަތި ވެގެން ގޮސްފައި ދައުލަތުގެ އާމްދަނީ ބޮޑު ތަކުން މަދުވެފައިވަނިކޮށް މިވަނީ ކޮވިޑް-19 ގެ ސަބަބުން ބަޖެޓު ފޫ ބެއްދުމަށްޓަކައި ސަރުކާރުން ގިނަ އަދަދެއްގެ ލޯނު ނެގުމުންނެވެ. މިގޮތުން އެހީދޭ ޖަމިއްޔާތަކާއި ސަރުކާރުތަކުން ވެސް ދަރަންޏަށް ފައިސާ ނަގާފައިވެ އެވެ. މީގެތެރޭގައި އެންމެ ބޮޑު ދަރަންޏެއް މިހާރު އޮތީ އަވައްޓެރި އިންޑިއާގަ އެވެ.
One Response
ހަށްލަކީ އުމަރު ނަސީރު ވަރަށްސާފް