އިލްޔާސްގެ ޑިޕްލޮމެޓިކް ޕާސްޕޯޓް މައްސަލަ މަޖިލީހަށް ހުށަހަޅައިފި

އިލްޔާސްގެ ޑިޕްލޮމެޓިކް ޕާސްޕޯޓް މައްސަލަ މަޖިލީހަށް ހުށަހަޅައިފި

Author
މުޙައްމަދު ޝަޒައިމް
16 އޮގަސްޓް 2021 09:37
0

ދީނީ ޢިލްމުވެރިޔާ އަދި ވެރިކަން ކުރަމުންދާ ކޯލިޝަންގެ އެންމެ ނުފޫޒު ގަދަ އެއް ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގައި ހިމެނޭ ޝައިޚު އިލްޔާސް ހުސެއިންއަށް ޑިޕްލޮމެޓިކް ޕާސްޕޯޓެއް ލިބިފައިވާގޮތް ބެލުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއެވެ. އުޝާމް ވިދާޅުވެފައިވަނީ އެއްވެސް ފަރާތަކަށް ވިސާގެ ބޭނުމަށް އުސޫލުން ބޭރުން ވަޒީފާގެ ލިޔުމާއި ޑިޕްލޮމެޓިކް ޕާސްޕާޓް ދިނުމަކީ ގާނޫނާ ހިލާފްކަމެއް ކަމަށެވެ. މިކަން ހިނގާފައިވާގޮތް ބަލައި މަޖިލީހުން މިކަން ބެލުމަށްޓަކައި އުޝާމް ވަނީ މިއަދު މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ހުށަހަޅާފައެވެ.

އެއްވެސް ފަރާތަކަށް ވިސާގެ ބޭނުމަށް އުސޫލުން ބޭރުން ވަޒީފާގެ ލިޔުމާއި ޑިޕްލޮމެޓިކް ޕާސްޕާޓް ދިނުމަކީ ގާނޫނާ ހިލާފްކަމެއް. މިކަން ހިނގާފައިވާ ގޮތެއް ބެލުމަށް މިއަދުވާނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ހުށަހަޅާފައި.

– އުޝާމް ވިދާޅުވިއެވެ.

ކްލަބްހައުސްގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައި، އިލްޔާސް ވިދާޅުވީ ދަރިކަލުން މެލޭޝިޔާގައި ކިޔަވަން ހުންނާތީ އެކޮޅުގައި މަޑު ކުރުމަށް ވިސާ އެއް ހޯދަން އެދިގެން އެކަން ނުވެފައި އޮންނާތީ ދިވެހި ސަރުކާރުގައި އެދުމުން ދިވެހި ސަރުކާރުން ޑިޕްލޮމެޓިކް ޕާސްޕޯޓެއް ދެއްވީކަމަށެވެ.

ހައި ކޮމިޝަންގެ ރަމްޒީ މަގާމެއްގައި ހުންނަވައިގެން ޑިޕްލޮމެޓިކް ޕާސްޕޯޓެއް ގެންގުޅުމަކީ ދީނީ ގޮތުންނާއި ގާނޫނީގޮތުން މަނާކަމެއްތޯ ނުވަތަ ނޫންތޯ އެ ބައްދަލުވުމުގެ ބައިވެރިޔަކު ވަނީ ޝައިޚް އިލްޔާސްއާ ސުވާލުކުރުމުން ވިދާޅުވީ އެއީ ދީނީގޮތުންނާއި ގާނޫނީ ގޮތުންވެސް މަނާކަމެއްކަން އެނގިވަޑައިގެންފައިނުވާ ކަމަށެވެ. ފޮރިން މިނިސްޓްރީން އެ ޝަރަފު ދެވޭނެ ކަމަށް ވިދާޅުވުމުން ޕާސްޕޯޓު ހައްދާފައިވާނެކަމަށް ޝައިޚު އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސްއަކީ މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ކައުންސެލަރ ޓު ދަ އެމްބެސެޑަރގެ މަޤާމު ފުރުއްވަމުންދާ ބޭފުޅެކެވެ. އިލްޔާސް ވިދާޅުވީ އެ މަޤާމުގައި ހުންނެވި ނަމަވެސް އެއްވެސް މުސާރައެއް ނުނަންގަވާކަމަށެވެ. އަދި އެއީ ހަމައެކަނި ލިޔެކިޔުމުން އޮންނަ މަޤާމެއް ކަމަށް ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މޫސާ
މީ މިބޭފުޅުންގެ ހާާލަކީ، އަމިއްލަ އެދުމެއް ފުއްދަންވީމަ ނުހައްގު އަދި ނާޖާއިޒު ފައިދާއެއް ހޯދުން އެއީ ހުއްދަކަމެއް