އޮކްޓޫބަރު މަހު ރާއްޖޭގައި އޮންނަ ސާފް ޗެންޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ޓީމުގެ ހެޑު ކޯޗަކަށް އަލީ ސުޒޭން ހަމަޖައްސައިފިއެވެ.
މި މުބާރާތް ރާއްޖޭގައި ކުރިޔަށްދާނީ އޮކްޓޯބަރު 1 އިން 13 ގެ ނިޔަލަށެވެ. ރާއްޖޭގައި ބާއްވާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ކޯޗިން ސްޓާފުންގެ ގޮތުގައި ތިބީ މުޅިންވެސް ދިވެހިންނެވެ.
ދިވެހި ކޯޗުންގެ ތެރެއިން ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗް އަލީ ސުޒޭންއާއެކު ގައުމީ ޓީމްގައި މަސައްކަތް ކުރުމަށް ހަމަޖައްސާފައިވާ އެސިސްޓަންޓް ކޯޗްއަކީ އިސްމާއިލް މަހަފޫޒް (އިންމަ) އަދި ގޯލްކީޕަރު ކޯޗުންގެ ގޮތުގައި ހުރީ ކުރިން ވެސް އެ މަގާމުގައި ހުރި އިމްރާން މުހައްމަދާއި އަސްލަމް އަބްދުއްރަހީމްއެވެ. އަދި ޓީމު ޑޮކްޓަރަކީ އަބްދުﷲ ރާފިއު (ރާއްޕެ)އެވެ.
Today we have finalized the coaching staff for the upcoming SAFF Championship 2021 ??@alisuzain as caretaker Coach@IsmailMahfooz as A. Coach @ImranMohamed25 as A. Coach and GK Coach@aslam27noani as GK Coach
Dr. Rafiu as Team DoctorAll the best to technical team ?? pic.twitter.com/BYDAGpe7lD
— Bassam Adeel Jaleel (@bassam_jaleeI) August 16, 2021
އެފްއޭއެމްގެ ރަައީސް ބައްސާމް އަދީލް ޖަލީލް މީގެ ކުރިން ވިދާޅުވެފައިވަނީ ސާފް ޗެމްޕިއަންޝިޕްއަށް ނިކުންނަ ގައުމީ ޓީމްގެ މުޅި ކޯޗުން ސްޓާފުން، އެއްކޮށް ދިވެހިންނަށް ބަދަލުކޮށްލުމުގެ ފުރުސަތު އޮތްކަމަށެވެ. އަދި މިއީ ދިވެހި ކޯޗުންނަށް އެކޯޗުންގެ ފެންވަރު ދައްކާލުމަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެއްކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.
އިސްމާޢީލް މަހެފޫޒް (އިންމަ)ވަނީ މީގެ ކުރިން ގައުމީ ޓީމްގެ އެސިސްޓަންޓް ކޯޗްއެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. ތިން އަހަރު ގައުމީ ޓީމްގެ އެސިސްޓަންޓް ކޯޗްއެއްގެ ގޮތުގައި މަސައްކަތްކުރި އިތުގައި އިންމަވަނީ ބައެއް ފަހަރުތަކުގައި ހެޑް ކޯޗްއެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައެވެ. އިންމަ އެންމެފަހުން ކޯޗްކޮށްދީފައިވަނީ ފުރަތަމަ ޑިވިޝަންގައި ވާދަކުރި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބްއަށެވެ.
އެފްއޭއެމުން މަސައްކަތްކުރަނީ މާލޭގެ ގަލޮޅު ދަނޑުގެ އިތުރުން މި މުބާރާތުގެ މެޗުތައް ހުޅުމާލޭގެ ދަނޑުގައި ކުޅުމަށެވެ. އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.