އާރްޑީސީގައި ވަގަކު ނޫޅޭ، މިއީ އިދިކޮޅުން ރާވައިގެން ކުރާކަމެއް: މޫކޭ

އާރްޑީސީގައި ވަގަކު ނޫޅޭ، މިއީ އިދިކޮޅުން ރާވައިގެން ކުރާކަމެއް: މޫކޭ

Author
މުޙައްމަދު ޝަޒައިމް
16 އޮގަސްޓް 2021 09:04
0

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ފަޅާލައި ވައްކަން ކުރަމުންދަނީ އިދިކޮޅު ފަރާތްތަކުން ކަމަށް އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ މޫސާ ޢަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ތެރޭގައި 3 ފަހަރު މަތިން އާރްޑީސީގެ އޮފީސް ފަޅާލާފައިވާއިރު، ރޭ އެ އޮފީސް ފަޅާލި މީހާ ހައްޔަރުކޮށްފައިވާކަން އާރްޑީސީގެ ވަނީ ބުނެފައެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށެވެ.

މިމައްސަލާގައި މޫކޭގެ ހުރިހާ ތުހުމަތެއް އޮތީ އިދިކޮޅު ފަރާތްތަކަށެވެ. އޭނާ ބުނެފައިވަނީ އޮފީހަށް ގެއްލުންދީ ވައްކަން ކުރަން މަސައްކަތް ކުރަނީ ކުށުގެ ރެކޯޑް އޮންނަ ފަރާތްތައް ބޭނުން ކޮށްގެން އިދިކޮޅު ފަރާތްތަކުން ރާވައިގެން ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެއްވެސް ފަހަރެއްގައި ހައްޔަރު ކުރެވޭ މީހަކު އާރްޑީސީގެ މުވައްޒިފަކަށްނާއިރު، މިއީ އިދިކޮޅުން ކުރާކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވާފައެވެ.

އޮފީހަށް ގެއްލުންދީ ވައްކަން ކުރަން މަސައްކަތް ކުރަނީ ކުށުގެ ރެކޯޑް އޮންނަ ފަރާތްތައް ބޭނުން ކޮށްގެން އިދިކޮޅު ފަރާތްތަކުން ރާވައިގެން ކަމަށް ތުހުމަތު ކުރެވޭ. މި ކޮންމެ ފަހަރަކު ހައްޔަރު ކުރެވޭ މީހުންގެ ތެރޭގައި RDC ގެ އެއްވެސް މުވައްޒަފަކު ހިމެނިފައި ނުވޭ. RDC ގަ ވަގުން ނޫޅޭނެ.

– މޫކޭ ވިދާޅުވިއެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި ފުރާޅުގެ ޓިނު ނައްޓައި، ސީލިންގ ފޫއަޅުވާލައިގެން އާރްޑީސީ އޮފީސް ފަޅާލިއިރު، މިކަން އެ އޮފީހުން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ ހެނދުނު 07:48 ގައެވެ. އާރްޑީސީގެ އޮފީސް އޭޕްރީލް މަހުގެތެރޭގައި ފަޅާލާ ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވެއެވެ.ނަމަވެސް މި ފަހަރު އެ އޮފީސް ފަޅާލިއިރު، އޮފީހުގައި އެއްވެސް ފައިސާއެއް ބަހައްޓާފައި ނުހުންނާނެ ކަމަށް އާރްޑީސީން ވަނީ ބުނެފައެވެ.

އޭޕްރީލް މަހުގައި އާރްޑީސީ ފަޅާލި މައްސަލައިގައި 3 މީހަކު ހައްޔަރު ކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.