ޖަރުމަނު ބުންޑަސްލީގާއި ރޭ އޮގްސްބާގްގެ މައްޗަށް ބަޔާ ލެވަކޫސަން ކުރި ހޯދާ ތާވަލުގެ ހަތަރުވަނައަށް ކުރިޔަށް ޖެހިލައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗު ލަވަކޫސަން އިން ކުރި ހޯދީ 3-1 ލަނޑުންނެވެ.
ފުރަތަމަ ހާފްގެ 16 ވަނަ މިނުޓުގައި ލިބުނު ޕެނެލްޓީން ލުކަސް އަލަރިއޯ ލެވަކޫސަން ލީޑް ނަގައިދީފަ ވަނި ކޮށް 51 ވަނަ މިނިޓުގައި އޮގްސްބާގްގެ ޑެނިއަލް ކަލިގިއުރީ ނަތީޖާ ހަމަހަމަކުރިއެވެ. ލެވަކޫސަން މެޗުގެ ދެވަނަ ފަހަރަށް ލީޑްނެގީ 74 ވަނަ މިނިޓުގައި ނަދީމް އަމީރިން ދިންބޯޅައެއް ބޮލުން ގޯލްގުތެރެއަށް ފޮނުވާލައިގެން ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި ލޫކަސް އަލަރިއޯއެވެ. ލެވަކޫސަން ލީޑް އިތުރަށް ފުޅާކޮއްދިނީ މެޗުގެ އިތުރުވަގުތުގެ އެންމެ ފަހުމިނުޓުގައި މުސާ ޑިއާބީ ކާމިޔާބުކުރި ލަނޑުންނެވެ.
މިނަތީޖާ އެކު ލެވަކޫސަން ވަނީ ލީގުގެ ހަތަރުވަނައަށް ކުރިޔަށް ޖެހިލާފައެވެ. ފަސްމެޗުން ނުވަޕޮއިންޓް މިހާތަނަށް ލެވަކޫސަން ވަނީ ހޯދާފައެވެ. ރޭގަ މެޗުން ބަލިވި އޮގްސްބާގް ވަނީ ތާވަލުގެ 11 ވަނައަށް ވެއްޓިފައެވެ. އޮގްސްބާގްއަށް ފަސްމެޗުން ލިބުނީ 7 ޕޮއިންޓެވެ.