ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެޅުނު ޙާއްސަ ފިޔަވަޅެއްގެ ގޮތުން 2020، އޭޕްރިލް 16 އިން ފެށިގެން ވެމްކޯއިން މާލެސަރަހައްދުގެ ގޭބިސީތަކުން ކުނި ނެގުމަށް އަމަލު ކުރަމުންދާ އުސޫލަށް ބަދަލު ނުގެންނަ ކަމުގައި ވެމްކޯއިން ބުނެފިއެވެ.
ވެމްކޯއިން މިހެން ބުނެފައިވަނީ މާފަންނު ރައްޔިތުންގެ ބައްދަލުވުމުގައި ކުރީންވެސް އަމަލު ކުރަމުން އައި އުސޫލުން ގޭގެއަށް ވަދެ ކުނި ނަގަން ފަށަން ޖެހޭ ކަމަަށާއި، އަދި އެކަމާއި ގުޅޭގޮތުން ވެމްކޯއާއެކު މަޝްވަރާ ކުރުމަށްފަހު މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ ގޮތަށް އަމަލު ކުރަން ނިންމާފައިވާ ކަމަށް މަލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވުމާއި ގުޅިގެންނެވެ.
ވެމްކޯއިން ބުނެފައިވަނީ ނޫސް މަޖައްލާތަކުގައި ދައުރުވަމުންދާ ވެމްކޯއިން ކުނި ނެގުމުގެ އުސޫލަށް ބަދަލުގެނެވިފައި ވާހަކައަކީ ސައްޚަ ނޫންކަން ވާހަކައެއްކަން ކަސްޓަމަރުންގެ ސަމާލުކަމަށް ދަންނަވާކަމަށެވެ. މާލެ ސަރަހައްދުގެ އާންމު ހާލަތު ރަނގަޅުވަމުންދިޔުމާއި ގުޅިގެންމިކަމަށް ރިޢާޔަތްކޮށް ވެމްކޯއިން ގޭބިސީތަކަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކަށް ބަދަލުގެނައުމަށް އެޗް.ޕީ.އޭ އާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި މަޝްވަރާކޮށް މިކޯޕަރޭޝަނުން ގޮތެއް ނިންމުމަށް ފަހު އެކަން އިއުލާނު ކުރެވޭނެ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.
ވެމްކޯއިން މީގެ ކުރިން ގޭގެއަށް ގޮސްގެން ކުނި ނަގަމުން އައި ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ކުންފުނީގެ މުވައްޒަފުންނާއި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ގޭގެ ދޮރުމައްޗަށް ނުދާން ނިންމާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. މާލެ ސަރަހައްދުގައިވެސް އަދި ރާއްޖޭގައިވެސް ކޯވިޑްގެ ހާލަތު ރަނގަޅު ވަމުން ދިޔަނަމަވެސް އަދިވެސް ރައްކާތެރި ފިޔަވަޅު ތަކާއިއެކު އަމަލުތައް ބެހެއްޓުމަށް އެޗްޕީއޭއިންވަނީ އިލްތިމާސް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ