ވިދްޔާ ބާލަން އޭނާގެ ކުރިއަށް އޮތް ފިލްމް "ޖަލްސާ" ގެ ޝޫޓިންގ ފަށައިފިއެވެ.
މިއީ އޭނާ 2017 ވަނަ އަހަރު ކުޅުނު ފިލްމް "ތުމާރީ ސޫލޫ"ގެ ޑައިރެކްޓަަރ ސްރޭޝް ތްރިވެނީގެ ފިލްމެކެވެ.
ބޫޝަން ކުމާރުގެ ޓީ ސީރީޒާއި އަބުންދަންތިއާ އެންޓަޓައިންމަންޓް ގުޅިގެން ހަދާ މި ފިލްމަކީ "ވިމެން ސެންޓްރިކް" ފިލްމެކެވެ. އެހެންކަމުން "ޖަލްސާ" ގެ މުޅި ވާހަކަ އެނބުރޭނީ އަންހެން ކެރެކްޓާތަކެއްގެ ވަށައިގެންނެވެ. ފަހަކަށް އައިސް ވިދްޔާ ގިނައިން ފެންނަމުންދަނީ އަންހެނުން ބާރުވެރި ކުރުވުން ނުވަތަ އަންހެން ކެރެކްޓާއެއްގެ މައްޗަށް މުޅި ފިލްމް ބިނާވެފައިވާ ފިލްމް ތަކުންނެވެ.
މި ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން ސްރޭޝް ބުނެފައިވަނީ މިއީ ވަރަށް ޝައުގުވެރި ފިލްމަކަށް ވާނެކަމަށެވެ. އަދި ބެލުންތެރިން ގަޔާވާކަހަލަ ތަފާތު ރީތި މޮޅެތި ފިލްމްތަށް ގެނެސްދިނުމަކީ މަގްސަދު ކަމަށް ސްރޭޝް ބުންޏެވެ.
މި ފިލްމުން ވިދްޔާ އާއި އެކު ޝެފާލީ ޝާހް ވެސް ފެނިގެން ދާނެއެވެ. ވަކި ތާރީހެއް އިއުލާން ނުކުރި ނަމަވެސް ފިލްމް ވަނީ އަންނަ އަހަރަށް އެޅުވުމަށް ތާވަލް ކޮށްފައެވެ.
ވިދްޔާގެ އެންމެ ފަހުގެ ފިލްމަކީ ޖޫންގައި އެމޭޒަން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރި "ޝޭރްނީ" އެވެ.